ޖުމްހޫރީ ޕާޓީ

ޖޭޕީގެ ޓިކެޓުގައި އިންތިހާބަށް ކުރިމަތިލުމަށް މުއްދަތު އިތުރުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓްގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ޖޭޕީގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު މިހާތަނަށް އޮތީ މިމަހު 20 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލެވިފައި އެވެ. ނަމަވެސް އެ ޕާޓީއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ މުއްދަތު އިތުރު ކޮށްދިނުމަށް ގިނަ ބަޔަޔަކު އެދެމުންދާ ކަމަށާއި އެހެންކަމުން މި މަހުގެ ނިޔަލަށް އެ މުއްދަތު އިތުރު ކުރާ ކަމަށެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ އެ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޭޕީގެ އޮފީހަށް އެޕްލިކޭޝަން ހުށަހެޅުމަށެވެ. ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރު ޖެނުއަރީ 14 ގައެވެ.