ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދީ ބާރަކަށް ޗައިނާ!

Oct 22, 2016

އެމެރިކާއިން ލީޑް ކުރަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދީ ބާރުގެ ލަގަން އެ ގައުމު އަތުން ދޫވެ ވާދަވެރި ޗައިނާގެ އަތް ދަށަށް ހިނގައްޖެ ކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާ (އައިއެމްއެފް) އިން ބުނެފިއެވެ.

އެމެރިކާއަކީ 1872 ވަނަ އަހަރު ފެށިގެން މިހާތަނަށް ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދީ ބާރެވެ. އެމެރިކާ އެންމެ ބޮޑު އިގްތިސޯދީ ބަރަކަށްވީ އޭރު އެންމެ ބޮޑު އިގްތިސޯދީ ބަރާކަށް އޮތް އިނގިރޭސި ވިލާތް ފަހަތަށް ޖައްސާލުމަށްފަހު އެވެ.

އައިއެމްފްގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން ޗައިނާގެ އިގްތިސޯދީ އަގު 11 ޓްރިލިއަން ޑޮލަރަށް އަރައެވެ. އެމެރިކާގެ އިގްތިސޯދުގެ އަގު އުޅެނީ 10.8 ޓްރިލިއަން ޑޮލަރުގަ އެވެ.

ވޭތުވެދިޔަ 20 އަހަރުގެ ތެރޭ ޗައިނާގެ އިގްތިސޯދީ ދުވެލި ހަލުއިވީ ސިނާއީ މަސައްކަތްތަކަށް ޗައިނާއިން ދިން އަހަމިއްޔަތުގެ ސަބަބުން ކަމަށް އައިއެމްއެްފް އިން ބުނެއެވެ. އެ އިދާރާއިން ލަފާ ކުރާ ގޮތުގައި 2019 ވަނަ އަހަރު ޗައިނާގެ އިގްތިސޯދު 16.7 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ. އަދި އެ މުއްދަތުގައި އެމެރިކާގެ އިގްތިސޯދު ކުރިއަރާނީ 13.8 ޓްރިލިއަން ޑޮލަރަށެވެ. މި އަންދާޒާއާއެކު އެމެރިކާގެ އިގްތިސޯދަށްވުރެ 20 ޕަސަންޓް ޗައިނާގެ އިގްތިސޯދު ބޮޑު ވާނެއެވެ.

އައިއެމްއެފްގެ މި އަންދާޒާތަކަށް ބަދަލު އައިސްފައިވަނީ "ޕާޗޭސިން ޕަވާ ޕާޓީ" (ޕީޕީޕީ) ނުވަތަ "އިގްތިސޯދީ ބާރުތައް (ސިނާއަތްތައް) ގަތުމުންނެވެ. މިއަންދާޒާތަކާއި ނުލައި، ދިރިއުޅުމުގެ އަގުތަކަށް ބަލާއިރު، އެމެރިކާގެ އިގްތިސޯދަށްވުރެ ޗައިނާގެ އިގްތިސޯދު ކުޑައެވެ.

ނަމަވެސް އިގްތިސޯދީ ދާއިރާގެ މާހިރުން ބުނެފައިވަނި 150 އަހަރު އެމެރިކާއިން ދަމހައްޓަމުން އައި ލީޑް (ޕީޕީޕީ) ގެ ނިސްބަތް ކުރި އަރައިގޮސް ޗައިނާއިން ކުރި ހޯދުމަކީ ދުނިޔޭގެ އިގްތިސޯދީ ދާއިރާގައި ފާހަގަ ކުރެވޭ ބޮޑު ބަދަލެއް ކަމަށެވެ.