ހަބަރު

މިރޭ މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލާނެ

Oct 22, 2016
1

މާލޭގެ ވޯޓާ ޑިސްޓްރިބިއުޝަން ސިސްޓަމްގެ މަރާމާތު މަސައްކަތް ކުރުމަށް މިރޭ ދަންވަރު 12:30 އިން ފަތިހު 5:00 އަށް މާލޭގެ ބައެއް ސަރަހައްދު ތަކުންފެން ކަނޑާލާނެ ކަމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފި އެވެ.

މިރޭ ފެންކަނޑާލަން ހަމަޖެހިފައިވަނީ އިސްކަންދަރުމަގު ޗާންދަނީ މަގާ ގުޅުނު ހިސާބުން ފެށިގެން ނިކަގަސް މަގާ ހަމަޔަށް ހިމެނޭ ސަރަހައްދާއި، ނިކަގަސް ހިނގުން އިސްކަންދަރު މަގާ ގުޅުނު ހިސާބުން ފެށިގެން އަމީނީ މަގާ ހަމަޔަށެވެ. އަދި އަމީނީ މަގުން ނިކަގަސް ހިނގުމާ ގުޅުނު ހިސާބުން ފެށިގެން މާފަތްތަކުރުފާނު މަގާ ހަމަޔަށެވެ.

މަރާމާތަށް މި ހިސާބުންތަކުން ރޭ ފެން ކަނޑާލަން ނިންމި ނަމަވެސް އެ މަރާމާތު މި ރެއަށް ފަސްކުރީ އެވެ.

އެމްޑަބްލިޔު އެސްސީން ބުނީ އެ ސަރަހައްދުތަކުން ފެން ކަނޑާލުމަކީ އާންމުންނަށް ދަތިވާނެ ކަމެއްކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް އެކަމަށް ކުރިއާލާ ތައްޔާރުވެ ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.