އެމްއެންޑީއެފް

އަސްކަރީ ދާއިރާއިން އެމެރިކާގައި ކިޔަވަން ހުޅުވާލައިފި

Oct 22, 2016

އަސްކަރީ ދާއިރާއިން ތަމްރީނު ހޯދުމާއި އުގެނުމުގެ ފުރުސަތު އެމްއެންޑީއެފުން އާންމުކޮށް ހުޅުވާލައިފި އެވެ. ތަމްރީނާއި އުގެނުމުގެ ދާއިރާތަކުން އެމްއެންޑީއެފުން ހުޅުވާލާފައިވަނީ އެމެރިކާގެ އަސްކަރީ ތިން އެކެޑަމީއަކުން ކިޔެވުމުގެ ފުރުސަތުތަކެވެ.

އެމްއެންޑީއެފުން ބުނީ އެ ފުރުސަތުގެ ދަށުން، ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑު އެކެޑަމީ (ޔޫއެސްސީޖީއޭ) އާއި، ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ (ޔޫއެސްއެމްއޭ) އަދި ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ (ޔޫއެސްއެންއޭ) އިން ބެޗްލާސް ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އަންނަ އަހަރު ފަށާ މި ކޯސްތަކަށް ޝައުގުވެރިވެ ކުރިމަތިލާ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެމްއެންޑީއެފްގެ ބަންޑާރަ ކޮއްޓަށް އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހެ އެވެ.