މަރު

ރިސޯޓަކުން ސްނޯކަލިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ

Oct 23, 2016
5

ބ. އަތޮޅުގައި އޮންނަ ކިހާދޫ ރިސޯޓުން ސްނޯކްލިން އަށް ގޮސް އުޅެނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

ސްނޯކަލިންގައި ގެނބިގެން މަރުވީ ޗައިނާއިން ރާއްޖެއަށް އައިސް އުޅުނު އުމުރުން 25 އަހަރުގެ ފިރިހެނެކެވެ. އޭނާ ބ. އަތޮޅު ހޮސްޕިޓަލަށް މިއަދު ހަވީރު ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

މި މީހާ މަރުވި އިރު މިދިއަ ހަފުތާގައި ވެސް ސްނޯކަލިންއަށް ގޮސް އުޅުނު ދެ ޓޫރިސްޓަކު ގެއްލުނެވެ. މިފަދަ އެހެން ހާދިސާތަކުގައި ޓޫރިސްޓުން މަރުވެފައި ވެއެވެ.