އެސްޓީއޯ

އެސްޓީއޯ "ވެއާހައުސް ސޭލް" އަންނަ މަހު

Oct 24, 2016

އެސްޓީއޯގެ މުދާ އަގު ހެޔޮކޮށް ވިއްކުމަށް ކޮންމެ އަހަރަކު ބާއްވާ "ވެއާ ހައުސް ސޭލް" އަންނަ މަހު ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ

އެސްޓީއޯއިން ބުނީ އަންނަ މަހުގެ 6 އިން 10 ގެ ނިޔަލަށް އެސްޓީއޯ ވެއާހައުސް ސޭލްއެއް ބޭއްވުމަށްވަނީ ނިންމާފައިވާ ކަމަށާއި އެސްޓީއޯ 7 ނަންބަރު ކޮށީގައި ގައި ކުރިއަށް ގެންދާ މި ސޭލް އޮންނާނީ ރޭގަނޑު 8:00 އިން 11:00 އަށް ކަމަށެވެ. މި ސޭލްގައި ފިލިޕްސް އާއި ހިޓާޗީ އަދި މަކިޓާ އާއި ނިޕޯން ޕެއިންޓް އަދި ސެމްސަންގް އަދި ސުޕަމާޓްގެ އައިޓަމްތައް ވަރަށް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.

އެސްޓީއޯ އިން ބުނީ މި ސޭލް ކުރިއަށްދާއިރު ކުރައްވާ ކޮންމެ 500ރ. ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި ކޮންމެ ރެއަކު ގުރުއަތުން ނަސީބުވެރި ފަރާތް ތަކެއް ހޮވައި ގަޑިއަކު އެއް ފަހަރު އިނާމު ދެމުން ގެންދާނެ ކަމަށެވެ.

އެސްޓީއޯ އިން ގުދަން ސޭލް ކުރިއަށް ގެންދާތާ ދެ އަހަރުވެއްޖެ އެވެ. މި ސޭލްއަކީ އާއްމުންގެ ތަރުހީބު ބޮޑު ސޭލެކެވެ.