ހޯސޭ މޮރީނިއޯ

މެންޗެސްޓާ ގައި މޮރީނިއޯ "މުސީބާތެއް" ގައި

Oct 26, 2016

މެނެޗެސްޓާގައި އޭނާގެ އާއިލާއާ ނުލައި އުޅެން ޖެހުމުން، ދިރިއުޅެމުންދަނީ "މުސީބާތެއްގެ ތެރޭ" ގައި ކަމަށް މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ރެއާލް މެޑްރިޑްގެ ކޯޗްކަން ދޫކޮށް، ޗެލްސީއަށް ބަދަލުވިއިރު އާއިލާ ލަންޑަނަށް ބަދަލު ކުރިގޮތަށް މޮރީނިއޯގެ އާއިލާ އަދިވެސް ދިރިއުޅެމުންދަނީ ލަންޑަންގަ އެވެ.

"މެންޗެސްޓާގައި އަހަރެންގެ ދިރިއުޅެމުން މިދަނީ ކުޑަ މުސީބާތެއްގެެ ތެރޭގައި، އަހަރެން ބޭނުން ކުރިއަށް ހިނގާލަންް އެކަމަކު އަހަންނަށް އެކަން ވާކަށް ނެތް،" ސްކައި ސްޕޯޓްސްއާ ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ އަދިވެސް ދިރިއުޅެމުން ދަނީ މެންޗެސްޓާގެ ހޮޓަލެއްގައެވެ. އެކަމުގެ ސަބަބުން ފުރިހަމަ ޕްރައިވެސީ ނުލިބޭތީ އެކަމާ ވިސްނަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރެސްޓޯރެންޓަކަށް ކާލަން ދާން ބޭނުން ވިޔަސް އަހަންނަށް އެކަން ވާކަށް ނެތް،" މޮރީނިއޯ ކަންބޮޑުވުންތައް ހިއްސާ ކުރިއެވެ.

މެންޗެސްޓާގެ ދިއިރުއުޅުމާ ބެހޭގޮތުން މޮރީނިއޯ ކަންބޮޑުވުން ފާޅު ކުރިއިރު އެންމެ ފަހުން ލީގްގައި ހޯދި ދަށް ނަތިޖާތަކުގެ ސަބަބުން ޔުނައިޓަޑްގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ބޮޑެތި ފާޑު ކިޔުންތައް މޮރީނިއޯ އަށް އަމާޒުވެފައެވެ.