ވިޔަފާރި

އުރީދޫ ޑޭޓާ ޕެކޭޖުން ހިލޭ ފޭސް ބުކް އަދި ޓުވިޓާ!

Mar 5, 2015

އުރީދޫން އަބަދުވެސް ދަނީ ތަފާތު އާ ހިދުމަތްތައް ތައާރަފު ކުރަމުންނެވެ. މި ފަހަރު އެ ކުންފުނިން މިވަނީ އާ ޑޭޓާ ޕެކޭޖެއް ތައާރަފުކޮށްފަ އެވެ.

އެ ކުންފުނިން ވަނީ ސްމާޓް ފޯނު ބޭނުން ކުރުމަށް މީގެ ކުރިން ވެސް ގިނަ ޕެކޭޖުތަކެއް ތައާރަފުކޮށްފަ އެވެ.

އުރީދޫގެ ކޮމާޝަލް ޑިރެކްޓަރު އެސްޕީ ސަރަތީ ވިދާޅުވީ މި ޑޭޓާ ޕެކޭޖުން ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ގެނެސްދީފައިވާނެ ކަމަށެވެ.

"ރާއްޖޭގައި ގިނަމީހުން ބޭނުންކުރަނީ ސްމާޓްފޯނު އަދި އަބަދު އޮންލައިންކޮށް ކަނެޓްވެފައި ތިބުމަކީ މިހާރު އާންމުކަމެއް. މި ޕެކޭޖުތައް އިތުރު ހަރުފަތަކަށް ގެންގޮސްގެން އަޅުގަނޑުމެން އެނެއްކާވެސް ކަސްޓަމަރުންނަށް އިތުރު ފަސޭހައެއް މިދެނީ. ރާއްޖޭގައި ސްމާޓްފޯނުތަކަށް އެންމެ ބޮޑު ޑޭޓާ އެލަވަންސްތަކަކާއިއެކު، 200ޖީބީ އާއި އެކު މިހާރު އިތުރަށް ބޭނުންކުރެވޭނެ. އަދި ފޭސްބުކް އަދި ޓްވިޓަރ ހިލޭ މިޕެކޭޖުތަކުން ލިބުމާއިއެކު އޮންލައިން ލައިފްއަށް ކަނެކްވާން އިތުރު ފަސޭހައެއް މިވެދެނީ،" އެސްޕީ ސަރަތީ ވިދާޅުވި އެވެ.