ވިޔަފާރި

މިދިޔަ މަހު ދައުލަތައް 21.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މިދިޔަ އަހަރު ދައުލަތައް 21.3 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

މަރުކަޒީ ބޭންކުން ނެރެފައިވާ މިދިޔަ މަހުގެ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ދައުލަތައް 21.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން 31 ޕަސެންޓު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ޖީއެސްޓީ އިންނެވެ. އަދި އިމްޕޯޓު ޑިއުޓީން އާމްދަނީގެ ގޮތުގެ 21 ޕަސެންޓް ހިއްސާ ކޮށްފައިވެ އެވެ. އަދި މީގެ ތެރެއިން ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބިޒްނަސް ޕްރޮފިޓް ޓެކްސް) ހިއްސާކުރަނީ 11 ޕަސެންޓެވެ.

މަރުކަޒީ ބޭނުން ބުނި ގޮތުގައި މިދިޔަ މަހާއި ހަމައަށް ރާއްޖޭގެ މުދަލާއި ހިދުމަތުގެ އަގުތައް ނުވަތަ އިންފްލޭޝަން ހުރީ 2.4 ޕަސެންޓުގަ އެވެ. ނަމަވެސް އިންފްލޭޝަން ދަނީ ދަށްވަމުންނެވެ.