މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

މާލޭ ޖަލުން ގައިދީއަކު ފިލައިފި

Oct 27, 2016
2

މާލޭ ޖަލަށް ގެންދިޔަ ގައިދީއަކު ފިލައިފި އެވެ. މިއަދު ޖަލުން ފިލާފައިވަނީ ވިލިމާލޭ މެޑަލްޖެހިގޭ، ހަމްޒާ މުހައްމަދު އެވެ. ކުށެއްގައި އޭނާއަކީ އަލަށް ޖަލަށް ގެންދިޔަ މީހެކެވެ.

ހަމްޒާއަކީ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ މީހެކެވެ.

އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހިއްސާ ކުރަން ވަނީ އެދިފަ އެވެ.