ހަބަރު

ރައީސް ނަޝީދުގެ ކެންޑިޑެސީ ދުއްވައެއް ނުލެވޭނެ: އެމްޑީޕީ

Mar 5, 2015
1

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް މިހާރު ކުރަމުންދާ ޝަރީއަތުގައި ކުށް ސާބިތުވެގެން ހުކުމެއް ކުރި ނަމަވެސް ރިޔާސީ އިންތިހާބެއްގައި ވާދަ ކުރެއްވުމުގެ ކެންޑިޑެސީ ދުއްވާ ނުލެވޭނެ ކަމަށް އެޕާޓީން ބުންފި އެވެ.

އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު މިއަދު ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ހިންގަނީ އިންސާފްވެރި ޝަރީއަތެއް ކަމަށް އާންމުން ގަބޫލު ނުކުރާ ކަމަށާއި މިހާރު އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގައި ކުށް ސާބިތުވެގެން ހުކުމެއް ކުރި ނަމަވެސް ރިޔާސީ އިންތިހާބެއްގައި ވާދަ ކުރައްވަން އެމަނިކުފާނަށް އޮތް ކެނޑިޑޭސީގެ ފުރުސަތު ބާތިލު ނުކުރެވޭނެ ކަމަށެވެ.

"މިވަގުތު ހުކުމެއް ނެރެގެން ކެނޑިޑޭސީ ދުއްވާލި ނަމަވެސް، އަޅުގަނޑުމެން އެމްޑީޕީން ގަބޫލެއް ނުކުރަން ރައީސްގެ ކެނޑިޑޭސީ ގެއްލޭނެ ކަމަކަށް ނުވަތަ ގެއްލިއްޖެ ކަމަކަށް ވެސް.. ކޯޓުތަކުން ނިންމާ ނިންމުތައް ރިވިއުވެސް ކުރެވޭ."  އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން މިހާރު ކުރާ އެންމެ މުހިންމު މަސައްކަތަކީ ރައީސް ނަޝީދު މިނިވަންކުރުން ކަމަށެވެ.