ހަބަރު

"ރިޔަލް ފްރުޓް ޕަވާ" ޖޫސްޕެކެޓް އެތެރެކޮށް ވިއްކުން މަނާކުރި ފުޑް އެލާޓް އުވާލައިފި

Mar 5, 2015

ސްރީލަންކާގެ އުފެއްދުމެއް ކަމަށްވާ "ރިޔަލް ފްރުޓް ޕަވާ" ޖޫސްޕެކެޓް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށް ނެރުނު ފުޑް އެލާޓް ބާތިލްކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މިހާތަނަށް އެ ޕްރޮޑަކްޓް އެތެރެ ކުރުން މަނާ ކޮށްފައި ވަނީ ލޭބަލް ކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ރަނގަޅަށް ލޭބަލްކޮށްފައި ހުންނަ "ރިއަލް ފުރުޓް ޕަވާ" ޖޫސް ޕެކެޓް ރާއްޖެ އެތެރެކޮށް ވިއްކުމަކީ މިހާރު ހުއްދަ ކަމެއް ކަމަށެވެ.

އަދި ބުނެފައި ވަނީ އެ ބްރޭންޑްގެ ޖޫސްޕެކެޓް ރާއްޖެ އެތެރެކުރުމާއި ވިއްކުން ވަގުތީ ގޮތުން މަނާކޮށް ނެރުނު ފުޑް އެލާޓް ވެސް މިހާރު ބާތިލްކޮށްފައިވާ ކަމަށެވެ.  

"ރިޔަލް ފްރުޓް ޕަވާ" ގެ އެއްލީޓަރުގެ ޖޫސް ޕެކެޓްގައި އޮޅުން އަރާފަދަ ގޮތަކަށް ލޭބަލްކޮށްފައިވުމާއި ގުޅިގެން އެ ވައްތަރުގެ ޖޫސްޕެކެޓް އެތެރަކޮށް ވިއްކުން މަނާކުރާ ފުޑް އެލާޓަށް ނެރުނީ އޭޕްރީލް 16، 2014 ގައެވެ.