ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމެންޓުން ފެނުނު ކަމަށް ބުނާ ހަތިޔާރުގެ ފިންގަ ޕްރިންޓް ނާޒިމާއި އޭނާގެ އާއިލާގެ އެއްވެސް މީހަކާވެސް މެޗް ނުވާ ކަމަށް ފުލުހުން އެކުލަވައިލި ރިޕޯޓުން ދައްކާފައިވާ ކަމަށް ނާޒިމްގެ ގާނޫނީ ވަކީލުން ބުނެފި އެވެ.
ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމްގެ އިސް ވަކީލް މައުމޫން ހަމީދު މިއަދު ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ ފުލުހުން ނާޒިމަށް ތުހުމަތު ކުރާ ހަތިޔާރާއި އެހެނިހެން ތަކެތީގެ ފިންގަޕްރިންޓްގެ ޓެސްޓްތައް މިދިއަ ޖެނުއަރީ 20 ގައި ފުރިހަމަކޮށްފައިވާކަން ރިޕޯޓުން އޭނގޭ އިރު އެގެއިން ފެނުނު ކަމަށް ފުލުހުން ބުނާ ތަކެތީގައި ހުރި ފިންގަޕްރިންޓްތަކާއި ނާޒިމާއި އޭނާގެ އާއިލާގެ މީހަކާ ދިމާ ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ ގެއިން ފެނުނު ތަކެތީގެ ފިންގަޕްރިންޓް ނަގާފައިވާ ކަން ރިޕޯޓުން އިނގޭއިރު އެ ފިންގަޕްރިންޓް އަމާޒުވާ ތިންވަނަ މީހަކުވާ ކަމަށައި އެމީހަކުވެސް ހޯދަން ޖެހޭނެ ކަމަށާއި ތިންވަަނަ ފަރާތް ހޯދަން ފުލުހުން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.