ހަބަރު

މުޒާހަރާއަށް ނުދެވޭ މުއްދަތެއް ކަނޑައަޅައި އާޒިމް މިނިވަންކޮށްފި

Mar 5, 2015

ދެ މަސް ދުވަސް ވަންދެން އެއްވެސް މުޒާހަރާއެއްގައި ބައިވެރި ނުވާން ޝަރުތުކޮށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދޫކޮށްލައިފި އެވެ.

ޖޭޕީ އެމްޑީޕީގެ މުޒާރާގެ ތެރެއިން ހައްޔަރު ކުރި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު މިނިވަންކޮށްފައި ވަނީ މިއަދު މެންދުރު ފަހު އެވެ. އާޒިމުގެ މައްޗަށް ޝަރުުތު ކަނޑައަޅައި މިއަދު އާޒިމް ދޫކޮށްލީ ބަންދުގެ މުއްދަތުގެ މަޖިލީހަށް މިއަދު ހާޒިރު ކުރުމުންނެވެ.

އާޒިމް ދޫކޮށްލި ނަމަވެސް ކުރިން ފުލުހުން ބުނެފައި ވަނީ މުޒާހަރާގެ ތެރެއިން އާޒިމް ހައްޔަރުކޮށް ޓެސްޓް ކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.