މަރު

ހަލަވެލީގައި މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސްފި

ރޭ އއ. ހަލަވެލި ރިސޯޓްގެ ކޮޓަރިއެއްގެ ތެރެއިން މަރުވެފައި އޮއޮވާ ފެނުނު މީހާގެ ހަށިގަނޑު މާލެ ގެނެސްފި އެވެ. އެމީހާގެ ހަށިގަނޑު ފެނުނު އިރު އޮތީ ކުނިވެފައި ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެމީހާގެ ހަށިގަނޑު މާލެ ގެނައީ ރޭގެ ވަގުތެއްގައި ކަމަށާއި އެ ހަށިގަނޑު މިހާރު މޯޗަރީގައި ބާއްވާފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގް ކުރަމުންދާ ކަމަށާއި އިތުރު ތަހުގީގައް ފުލުހުންގެ ޓީމެއް ހަލަވެލި ރިސޯޓަށް ދާނެ ކަމަށް ވެސް ބުންޏެވެ.

މަރުވެފައިވާ މީހާގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި އޮތްވާ ފެނިފައިވަނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޓޫރިސްޓު ފިރިހެނެކެވެ.

މި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެ އެވެ.