ހަބަރު

16 މީހުނާއެކު ގެއްލުނު ދޯންޏެއް ހޯދަން ފަށައިފި

Mar 5, 2015

އދ. އޮމަދޫން 16 މީހުނާއެކު ކަންނެއްޔަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ "ވިލަރެސް" ނަމަކަށް ކިޔާ އެ ދޯނި ކަންނެއްޔަށް ދިޔަ ފަހުން ޚަބަރެއް ވެފައި ނުވާތީ ދޯނީގެ ހަބަރެއްވޭތޯ ވެރިފަރާތާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ދޯނި އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު ކ. ގާފަރާއި ދިމާލުން ކަމަށެވެ.

ގެއްލިގެން ހޯދަނީ ދިގު މިނުގައި 72 ފޫޓްހުރި ގަދަ ނޫކުލައިގެ ދަވާދު ލައި ރަތް ކުލައިގެ ފަށެއް ދަމާފައިވާ ދޯންޏެކެވެ.