އެސްޓީއޯ

އެސްޓީއޯގެ ހާއްސަ ޑިނާ ނައިޓް ހުކުރު ދުވަހުގެ ރޭ

އަންނަ ހުކުރު ދުވަހުގެ ރޭ އެސްޓީއޯގެ ހާއްސަ ޑިނާ ނައިޓެއް ބާއްވަން ނިންމައިފި އެވެ. އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ޑިނާ ނައިޓް އޮންނާނީ އާޓިފިޝަލް ބީޗުގަ އެވެ.

އެސްޓީއޯ އިން ބުނީ މިއީ މިއަދު އެސްޓީއޯ ސުޕަމާޓުން ބާޒާރަށް ނެރެ، ވިއްކަމުންދާ ޕާސްތާ ބްރޭންޑް، "އަންކާރާ" އަށް ހާއްސަކޮށް، ކުރިއަށް ގެންދާ ޑިނަނައިޓެއް ކަމަށެވެ. މި ޑިނާނައިޓް ކުރިއަށް ގެންދާނީ ބުރުޒު ކޭޓަރިންނާ ގުޅިގެންނެވެ.

ޑިނާ ނައިޓުން އަންްކާރާ ބްރޭންޓްގެ ޕަސްތާގެ ތަފާތު ބާވަތްތައް ހިލޭ ކެއުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ޑިނާ ނައިޓުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް އެސްޓީއޯ ސުޕަމާޓް ގެ ތަފާތު ބްރޭންޑްތަކުން ހަދިޔާއެއް ލިބޭނެ ކަމަށެވެ. ޑިނާ ނައިޓް ކުރިއަށްދާ އިރު މުނިފޫހިފިލުވުގެ ހަރާކާތްތަކެއްވެސް ކުރިއަށް ގެންދާނެ އެވެ.

ތުރުކީގެ އެއްވަނަޕާސްތާ ބްރޭންޑް "އަންކާރާ"ގެ ކުލެސިކް އާއި ވިޓަމިން ހިމެނޭ ތަފާތު ގިނަ ވައްތަރުގެ ފާސްތާ އެސްޓީއޯ ސުޕަމާޓް އަދި އެސްޓީއޯގެ ރީޖަަނަލް ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށްވެސް ލިބެން ހުރެ އެވެ.