ޓެކްނޯލޮޖީ

ސެމްސަން ސްމާޓް ވޮޗް އެސް 3 މިމަހު 18ގައި ވިއްކަން ފަށަނީ

Nov 4, 2016
1

ސެމްސަން ސްމާޓްވޮޗްގެ ގިއާ އެސް ތުރީ މިމަހު 18ގައި ވިއްކަން ފަށާނެ ކަމަށާއި ފެށޭއަގަކީ 350 ޑޮލަރު (5397 ރުފިޔާ) ކަމަށް ސެމްސަން އިން ބުނެފި އެވެ.

ސެމްސަންގުން ބުނީ އެކުންފުނިން ސްމާޓް ވޮޗް ގިއާ އެސް ތްރީގެ ގަޑިތައް ވިއްކަން ފަށާނީ މިމަހު 18 ގައި ކަމަށާއި އަދި ޕްރީ އޯޑާ ކުރުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލާނެ ކަމަށެވެ. އެގޮތުން ސްމާޓް ވޮޗް ޕްރީ އޯޑާ ކުރެވޭނީ ސެމްސަންގެ ވެބްސައިޓުންނާއި އެމެޒަން އާއި ބެސްޓް ބައި އަދި މާސީއިން ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މިދިޔަ އޮގަސްޓު މަހު ސެމްސަން ކުންފުނިން ދައްކާލި ސްމާޓް ވޮޗް ގިއާ އެސް ތްރީ، އޭގެ ކުރީގެ ގަޑި ގިއާ އެސް ޓޫއަށް ވުރެއް ބޮޑެވެ. އެގޮތުން ގިނަ ވަގުތު ހިފަހައްޓާ ބެޓަރިއަކާއި ޖީޕީއެސްވެސް އެ ގަޑީގައި ހުރެ އެވެ. މިފަހަރު ގިއާ އެސް ތްރީގެ ގަޑިތަކުން ސްޕޮޓިފައި އާއި ސެމްސަން ޕޭ ފަދަ އެޕްތައްވެސް ބޭނުން ކުރެވެ އެވެ. އަދި ކުރިއާ އެއްފަދައިން މި ގަޑިވެސް އެހެން އެންޑްރޮއިޑް ފޯންތަކަށް ސަޕޯޓު ކުރެ އެވެ.

ސެމްސަން ސްމާޓް ވޮޗްގެ ގިއާ އެސްތްރީ ނެރެން އުޅޭ އިރު އެ ކުންފުނިން އެންމެ ފަހުން ނެރުން ނޯޓް ސެވަން ގޮވުމުގެ ސަބަބުން ވަނީ އެ ފޯނު އުފެއްދުން ހުއްޓާލާފައެވެ. އަދި އެ ކުންފުންނީގެ އަގު ވެއްޓި އެތަށް ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.