ވިޔަފާރި

އަންނަ މަހުން ފެށިގެން ޑިއުޓީ ބޮޑުވާތީ، ސައިކަލްގެ ވިޔަފާރި މެކުހަށް!

އަންނަ މަހު އެކަކުން ފެށިގެން ސައިކަލްގެ ޓިއުޓީ ބޮޑުކުރަން ނިންމާފައިވާތީ، ސައިކަލްގެ ވިޔަފާރި މި ދުވަސްވަރު ވަރަށް ބޮޑުތަން ރަނގަޅު، މެކުހަށް ޖަހައިފި އެވެ.

ސައިކަލްގެ ވިޔަފާރިކުރާ ލިޓަސް އޮޓޯމޮބިލްސް ފިހާރައިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ އަންނަ މަހުގެ އެކަކުން ފެށިގެން ޑިއުޓީ ބޮޑުކުރާތީ މި ދުވަސްވަރު ގިނަ ބަޔަކު ސައިކަލް ގަންނަން އަންނަމުންދާ ކަމަށެވެ.

މޯލްޑިވްސް ކަސްޓަމް ސާވިސަސް އިން ވަނީ އަންނަ މަހުގެ އެކަކުން ފެށިގެން ޑިއުޓީ ބޮޑުވާނެ ކަމަށް ބުނެފަ އެވެ.

ކަސްޓަމުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ "ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުނަށް" ގެނެވުނު އިސްލާހަށް އަންނަ މަހުގެ އެއް ވަނަ ދުވަހު އަމަލުކުރަން ފަށާނެކަމަ ކަމަށެވެ.

އެ އިއުލާންގައި ބުނެފައިވާ ގޮތުގައި އަންނަ މަހުގެ އެކަކުން ފެށިގެން ބޮޑުވާއިރު، ޑިއުޓީ ރޭޓްތައް ބޮޑުވުމުގެ ކުރިން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓްއެއް ކަމަށް ބެލެވޭނީ، އެ ޝިޕްމެންޓްއެއް ގެނައި އުޅަނދެއް އަންނަ މަހުގެ ކުރިން ރާއްޖެ އައިސްފައި ވުމުގެ އިތުރުން އެ ތާރީހުގެ ކުރިން އެޝިޕްމަންޓެއްގެ މުދާ ކްލިއަ ކުރުމަށް ޑިކްލަރޭޝަން ހުށަހަޅާފައިވާނަމަ ކަމަށެވެ.

ޑިއުޓީ ބޮޑު ކުރުމަށް ނިންމާފައިވާ ބާވަތްތަކުގެ ތެރޭގައި ކާރާއި ޖީޕް އަދި ވޭން ފަދަ އުޅަނދު ފަހަރު ހިމެނެ އެވެ. މި ބާވަތްތަކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގަނީ 100 ޕަސެންޓެވެ. ނަމަވެސް ޑިއުޓީއަށް ބަދަލު ގެނައުމުން 200 ޕަސެންޓް ޑިއުޓީގެ ގޮތުގައި ނަގާނެ އެވެ.

ވެހިކަލް އެތެރެކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޑިއުޓީއަށް ބަދަލު ގެނައުމުން ކުރިން 200،000ރ. ވަރަށް ވިއްކި ކާރާއި ޕިކަޕް އަދި ވޭން ފަދަ އުޅަނދު ފަހަރުގެ އަގު 400،000ރ. އަށް އުފުލިގެންދާނެ އެވެ. އަދި މިހާރު ޑިއުޓީގެ ގޮތުގައި 100 ޕަސެންޓް ނަގަމުން ގެންދާ ސައިކަލްގެ ޑިއުޓީ 150 ޕަސެންޓަށް ބޮޑު ކުރުމުން މިހާރު ގާތްގަނޑަކަށް 50،000ރ. އަށް ވިއްކަމުން ގެންދާ ސައިކަލްގެ އަގު 80،000ރ. ވަރަށް ބޮޑުވުން އެކަށީގެންވާ ކަމަށެވެ.