ޓެކްނޯލޮޖީ

ދުނިޔޭގެ ރިކޯޑްފޮަތަށް އިންޓެލްގެ ނަން ޓަފު ރިކޯޑަކާއެކު!

ދުނިޔޭގެ ރިކޯޑް ފޮތަށް އެރުމަށްޓަކައި އެކި މީހުން ކުރަނީ އެކިކަންތަކެވެ. އެއް ބަޔަކު ކޫސަނި ކަންކަން ކުރާއިރު އަނެއްބަޔަކު ކުރަނީ ޓަފު ކަންތައްތަކެވެ. މިފަހަރު ބަޔަކު މި ކުރީ ވަރަށް ވެސް ޓަފު ކަމެކެވެ. މިހާރުގެ ޒުވާނުން އެކަމަކަށް ތުނބުންފުމެ އަތްޖަހާލާ ވަރުގެ ކަމެކެވެ. އެއީ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ކަމުގައިވާ އިންޓެލްއެވެ. ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ ވަރުގަދަ ސިކުނޑި ކަމުގައިވާ އިންޓެލް އިން މިފަހަރު ވެސް ބޭނުން ކޮށްލީ އެމީހުންގެ ވަރުގަދަ ޓެކްނޮލޮޖީގެ ވިސްނުންތަށް ބޭނުންކޮށްލައިގެން އެެއްމެންގެ ހިތްތަށް ފަތަހަ އެވެ.

ދުނިޔޭގައި ފުރަތަމަ ފަހަރަށް 500 ޑްރޯން އެކީ އެއްފަހަރާ އުދުއްސާލުމަށްފަހު އެ ޑްރޯންތަށް ބޭނުން ކޮށްގެން އިންޓެލް އިން މިވަނީ ލެޑް ޝޯ އެއް ބާއަވާފަ އެވެ. މި ޝޯއަކީ އިންޓެލްއިން ވޭތުވެދިޔަ 2015 ވަނަ އަހަރުގައި ވެސް ރިކޯޑް ހޯދި ޝޯއެކެވެ. އެހެންނަމަވެސް މިދިޔަ އަހަރު މި ޝޯގައި ބޭނުން ކުރީ އެންމެ 100 ޑްރޯން އެވެ. އެހެންކަމުން އިންޓެލްއިން އމީހުންގެ އަމިއްލަ ރިކޯޑް މި މުގުރާލީ އެމީހުން އަމިއްލަޔަށެވެ.

މިފަހަރުގެ މި ޝޯގައި ބޭނުންކޮށްފައިވަނީ އިންޓެލް ކުންފުނީގެ އަމިއްލަ ޑްރޯންތަކެކެވެ. މި ޑްރޯންތަކަކީ އަންމޭންޑް އޭރިއަލް ވެހިކަލްތެކެކެވެ. އަންމޭންޑް އޭރިއަލް ވެހިކަލްތަކަކީ (ޔޫއޭވީ) އެއް ކޮންޓްރޯލާއެއްގެ ޒަރިއްޔާއިން ހުރިހާ ވެހިކަލް ތަކެއް ކޮންޓްރޯލް ކުރެވޭ ޑިވައިސްތަކެވެ. އިންޓެލް ކުންފުނިން ދައްކާލި ޔޫއޭވީ ތަކަކީ އިންޓެލްއިން މުޅިން އަލަށް މި އެވިންޓުގައި ލޯންޗްކުރި ޔޫއޭވީ ތަކެކެވެ. މި ޔޫއޭވީ އަށް އިންޓެލްއިން ދީފައިވާ ނަމަކީ އިންޓެލް ޝޫޓިން ސްޓާ އެވެ. އިންޓެލް ޝޫޓިން ސްޓާ އަކީ ވައިގެތެރޭގައި ލައިޓްގެ ކުޅިވަރުތަށް ދައްކާލުމަށް ހާއްސަ ކުރެވިގެން ނެރޭ ޑްރޯންއެއްކަން ފާހަގަ ކުރެވެ އެވެ. ބަރުދަނުގައި އެންމެ 250 ގްރާމް އެކުލެވޭ މި ޑްރޯންގެ ދަށުގައި ވަނީ ވަރަށް ވަރުގަދަ ލެޑް ލައިޓްތަކެއް ހަރުވުރެވިފަ އެވެ.

އިންޓެލް ޝޫޓިން ސްޓާ ބޭނުންކޮށްގެން ބޭއްވި މި ޝޯ ބާއްވާފައިވަނީ ޖަރުމަނުގެ ކްރެއިލިންގްގައި އޮންނަ ފުޓުބޯޅަ ސްޓޭޑިއަމްއެއްގައެވެ. ތަފާތު ޕެޓާންތަކުގެ މޮޅު ލައިޓް ކުޅިވަރުތަށް ދައްކާލި މި ޝޯގައި ވަނީ އިންޓެލްގެ ލޯގޯވެސް ވަނީ ވައިގެތެރޭގައި ޑިސްޕްލޭ ކޮށްފައެވެ. އަދި އޭގެ އިތުރުން ވައިގެތެރޭގައި 500 ޑްރޯން ބޭނުން ކޮށްގެން ވަނީ ނަންބަ 500 ވެސް ޑިސްޕްލޭ ކޮށްފަ އެވެ.

ގިނީސް ވޯލްޑް ރިކޯޑް ފޮަތަށް އިންޓެލްއިން މި ރިކޯޑް އަރުވާލާފައިވަނީ މިކަން ވެރިފައި ކުރުމަށް މި ލައިޓްޝޯ ޑިސްޕްލޭކުރި ވަގުތު ރިކޯޑްސްގެ އޮފިޝަލެއްގެ ވެސް ހާޒިރުގައެވެ. އިންޓެލްއިން ބުނާ ގޮތުގައި މި ކަމަކީ ދުނިޔޭގައި މިފަދަ ޑްރޯންތަކަށް މީހުންގެ ހިތްތަކުގައި ލޯބި ޖެއްސުމެވެ.