މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ބަންދުގައި ހުރި މީހަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ

Nov 8, 2016
1

ކޯޓުން އަމުރަކުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަފައި ހުރި މީހަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިން މިއަދު ބުނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ދ. ވާނީ، ބުލޫހެވަން، ހުސައިން ޒަރީރު ކަމަށާއި އޭނާ އަކީ އެ ސާވިސްގެ ބަންދުގައި ހުރި މީހެއް ކަމަށެވެ. އޭނާ ބަލިވެގެން އައިޖީއެމްއެޗްުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ރޭ ފަތިހު ކަމަށެވެ.

އޭނާ އަށް ފަރުވާ ދޭން ގެންދިޔައީ ކޮން ކަހަލަ ބައްޔެއް ވެގެން ކަމެއް ސާފެއް ނުވެއެވެ. ހުސައިން ޒަރީރު ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކޮށްފައިވަނީ އިއްޔެ ހެނދުނު އެވެ.