ށ. މިލަންދޫ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރަން ބޭއްވި ބައި އިލެކްޝަންސް ޕީޕީއެމްގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފި އެވެ.
ޕީޕީއެމްގެ ދެ ކެންޑިޑޭޓުން އެ ކައުންސިލްގެ ދެ ގޮނޑި ވެސް އިންތިޚާބު ކާމިޔާބު ކުރީ އެމްޑީޕީ އާއި ޖޭޕީ ކެންޑިޑޭޓުންނާ ވާދަކޮށްގެންނެވެ. އެ އިންތިޚާބުގައި އެމްޑީޕީގެ ދެ ކެންޑިޑޭޓުންނާއި ޕީޕީއެމްގެ ދެ ކެންޑިޑޭޓުންގެ އިތުރުން ޖޭޕީގެ ކެންޑިޑޭޓަކު ވާދަ ކުރި އެވެ.
ޕީޕީއެމްގެ ފަރާތުން ވާދަކޮށް، އެ ކައުންސިލްގެ ދެ ގޮނޑި ކާމިޔާބު ކުރީ ހަސަން އަބްދުއްރަހުމާނާއި މުހައްމަދު މަންސޫރެވެ.
އެ ކައުންސިލުންގެ ދެ ގޮނޑި ހުސްވީ އެ ކައުންސިލްގެ ނައިބު ރައީސް ހަސަން ފަޔާޒާއި އެ ކައުންސިލްގެ މެމްބަރު މުހައްމަދު ޔާސީން މިދިޔަ ޖެނުއަރީ މަހު އިސްތިއުފާ ދެއްވުމުންނެވެ.