ހަބަރު

ޝާހްރުކް ޚާން އެވޯޑުގެ ވީޑިއޯ ޓްރޮފީ ކޮންސެޕްޓް ޗޮޕާޓުން ހަދައިފި

Nov 9, 2016

ޝާހްރުކް ޚާން ފޭނުންގެ މެދުގައި ދޭ އެވޯޑުގެ ޕްރޮމޯ ވީޑިއޯ އާއި ޓްރޮފީ ކޮންސެޕްޓް ރާއްޖޭގެ ޗޮޕާޓުން ހަދައިފި އެވެ.

ޗޮޕާޓުގެ ޑިރެކްޓަރު މިހުސޯ އަބްދުއްސައްތާރު ވިދާޅުވީ ޝާހްރުކް ޚާން ފޭނުންގެ މެދުގައިދޭ އެސްއާރުކޭ އެވޯޑުގެ ޕްރޮމޯޝަން ވީޑިއޯ އާއި އެވޯޑުގެ ޓްރޮފީ ކޮންސެޕްޓް އެ ކުންފުނިން ހަދައި، ހަވާލުކޮށްފައިވާ ކަމަށާއި، މިއީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެޗްއާރުކޭ ޔުނިވާސް އަށް އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝާހްރުކް ޚާން ފޭނުންގެ ތެރޭގައި އެތައް މިލިއަން ބަޔަކު އުޅޭ. އެހެންވެ މިފަދަ ފުރުސަތެއް ލިބުމަކީ ލިިބިގެން ދިޔަ ބޮޑު ޝަރަފެއް،" މިހުސޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފުރުސަތު ލިބުމާއެކު، އިންޑިޔާ އިން އިތުރު ފުރުސަތު ތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ޝާހްރުކް ޚާންގެ ފޭނުންގެ ގްރޫޕު އެސްއާރުކޭ ޔުނިވާސް އިން ވަނީ ޕްރޮމޯ ވީޑިއޯ ވަރަށް ރީތިކަމަށް ބުނެ ޓުވީޓް ކޮށްފަ،" މިހުސޯ ވިދާޅުވި އެވެ.

ޝާހްރުކް ޚާންގެ ސަޕޯޓަރުން ހިންގާ "އެސްއާރުކޭ ޔުނިވާސް" އިން ބާއްވާ އެވޯޑު ދިނުމުގެ ރަސްމިއްޔާތު އޮތީ މި މަހުގެ 31 ވަނަ ދުވަހު އިންޑިޔާގެ މުންބާއީގަ އެވެ.