chattelegramwhatsappviber google-plus twitter facebook

ޓެކްނޯލޮޖީ

އިންސްޓަގްރާމުން ލައިވް ވީޑިޔޯ ތައާރަފު ކުރަނީ!

ޓެކްނޮލޮޖީ ތަރައްގީވަމުން އައިސް ދުވަހަކަށް ވުރެ ދުވަހެއް މިދަނީ އާ އީޖާދުތަކަށް ދުނިޔެ ހުޅުވެމުންނެވެ. މިއަހަރުގެ މިހާތަނަށް އައިއިރު ޓެކްނޮލޮޖީގެ އާއީޖާދުތަކެއް މިއަންނަނީ ފުލުފުލުގަ އެވެ. އެގޮތުން ލައިވް ވީޑިޔޯގެ ފީޗާ އަކީ މިއަހަރު ސޯޝަލް މީޑިޔާތަކުން އެންމެ ވާދަ ކުރަމުން އަންނަ އެއް އީޖާދެވެ. މީގެ ދުވަސްތަކެއް ކުރިން ފޭސްބުކްއިން ވެސް ވަނީ މި ފީޗާ ތައާރަފް ކޮށް ގިނަ ބަޔަކު އޭގެ އަވައިގައި ޖައްސާފަ އެވެ. މި އީޖާދަށް މިފަހަރު ޓާގެޓް މިކުރަނީ ފޭސްބުކްގެ އެންމެ ބޮޑު ވާދަވެރިޔާ ކަމުގައިވާ އިންސްޓަގްރާމެވެ.

އިންސްޓަގްރާމްއިން ދަނީ މިހާރު ލައިވް ވީޑިޔޯ އެމީހުންގެ ރަސްމީ އެޕްލިކޭޝަންގައި ހިމެނުމަށްޓަކައި މަސައްކަތްކުރަމުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. އިންސްޓަގްރާމްގެ ސީއީއޯ ކެވިން ސިސްޓްރޮމް ވަނީ ފައިނޭންޝިއަލް ޓައިމްސް މަޖައްލާއަށް ދިން އިންޓަވިއުއެއްގައި އެކަން ކަށަވަރުކޮށްދީފަ އެވެ. ކެވިން ވިދާޅުވި ގޮތުގައި މިހާރު އިންސްޓަގްރާމްއިން ކުރަމުންއަންނަ އެންމެ ބޮޑު މަސައްކަތަކީ ވެސް އެއީ އެވެ. އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވޭ އަޕްޑޭޓަށް ލައިވް ވީޑިއޯ ފީޗާވުން ގާތްކަމަށްވެސް ކެވިން ވިދާޅުވި އެވެ.


މި ފީޗާއާބެހޭ މާގިނަ ތަފްސީލުތަކެއް ނުދިން ކަމުގައި ވީނަމަވެސް ކެވިން ވިދާޅުވި ގޮތުގައި ލައިވް އަކީ މިޒަމާނުގައި އެންމެ ޖޯޝާއި ފޯރީއާ ގުޅިފައިވާ ކަމަކަށް ވާއިރު އޭގެ ސަބަބުން އިންސްޓަގްރާމް ކުރިއަރާ އެމީހުންގެ ކޮލިޓީ މިކަމުގެ ސަބަބުން ރަނގަޅުވާނެ އެވެ.

ކެވިން މިކަން ކަށަވަރުކޮށްދިނުމުގެ ކުރިން މަޝްހޫރު "ޓީ ޖާނަލް" އިން މިކަން އިންސްޓަގްރާމުން ޓެސްޓު ކުރަމުން އަންނަ ކަންވަނީ ރިޕޯޓުކޮށްފައެވެ. މި ރިފޯޓުތަކުގައި ވަނީ ޓެސްޓް ކުރަމުންދިޔަ މި ފީޗާގެ ސްކްރީންޝޮޓްތަކެއް ވެސް އާމުކޮށްފައެވެ. އެގޮތުން މި ސްކްރީންޝޮޓްތަކަށް ބަލާލާއިރު މި ފީޗާ ޑިސްޕްލޭކުރެވިފައިވާނީ މިހާރު އިންސްޓަގްރާމްއިން ދެމުންދާ ސްޓޯރީސް ފީޗާގެ ސެގްމެންޓާއި އެކުވެފައެވެ. އަދި ލައިވް ވީޑިޔޯތައް ވަކި ކުރުމަށްޓަކައި ވަކި ލައިވް ޑިޒައިންޑް އޯޖީއެއް ލައިވް ވީޑިޔޯތަކުގައި ވާނެ އެވެ. އަދި ލައިވް ކުރަން ބޭނުން ނަމަ ސްޓްރީސް ބޭނުންކުރާ ގޮަތަށް މި ފީޗާ ބޭނުންކޮށްލެވޭނެ އެވެ. މި ފީޗާއަށް މި ސްކްރީން ޝޮޓްގައި ދީފައިވާ ނަމަކީ "ގޯ އިންސްޓަ" އެވެ.

މިފީޗާއި އެކު އިންސްޓަގްރާމް ވެގެންދާނީ އެއް ސޯޝަލް މީޑިއާއަކުން އެންމެ ގިނަ މަގްބޫލް ފީޗަތަށް ހިމެނޭ އެއް އެޕްލިކޭޝަނަށެވެ. މީހާރުވެސް އިންސްޓަގްރާމްއިން ދަނީ ސްނެޕްޗެޓްއިން ތައާރަފްކުރި ފީޗާއެއް ކަމުގައިވާ ސްޓޯރީސް ފިޗާ އިންސްޓަގްރާމްގައި ބޭނުން ކުރަމުންނެވެ. ގިނަ ބަޔަކު ދެކޭގޮތުގައި އިންސްޓަގްރާމްއަކީ ޓެކްނޮލިޖީގެ ކޮޕީކެޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަހުގެ ޚަބަރު