ހެޕީ މާކެޓް

1438 ބޮޑުބެރު ގްރޫޕްގެ ބެވަރޭޖް ޕާޓްނަރަކަށް ހެޕީ މާކެޓް

Nov 12, 2016
4

1438 ބޮޑުބެރު ގްރޫޕްގެ ބެވަރޭޖް ޕާޓްނަރަކަށް ހެޕީ މާކެޓް ހަމަޖައްސައި މިއަދު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރީ ހެޕީ މާކެޓްގައި ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރާއްޖޭގައި މިވަގުތު އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ބޮޑުބެރު ގްރޫޕް، 1438ގެ ފަރާތުން ސޮއި ކުރީ މެނޭޖަރެއް ކަމުގައިވާ މެހެފޫޒް އިބްރާހިމް އެވެ. އަދި ހެޕީ މާކެޓްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރީ މާކެޓިން މެނޭޖަރު އަބްދުﷲ ނައީމެވެ.

މިއެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ވާހަކަ ދައްކަވަމުން އަބްދުﷲ ނައީމް ވިދާޅުވީ ބޮޑުބެރު ގްރޫޕްތަކާ ގުޅިގެންނާއި އެހެނިހެން ގޮތްގޮތުން ވެސް ސަގާފީ ކުޅިވަރުތައް ކުރިއަރުވަން ބޭނުންވާ ކަމަށެވެ.

"1438" ގްރޫޕަކީ ޒަމާނީ ބޮޑުބެރުގައި ތަޖުރިބާ ބޮޑު އަދި އެހާމެ ހުނަރުވެރި 23 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޮޑުބެރު ގްރޫޕެކެވެ. އެތައް ބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ މަޝްހޫރު ބޮޑުބެރު ލަވަކިޔުންތެރިޔާ، މުސީ އަކީ މި ގްރޫޕްގެ ލީޑް ވޯކަލިސްޓެވެ. މީގެ އިތުރުން ވެސް ގްރޫޕަށް ނިސްބަތްވަނީ ހައްތަހާ ވެސް އެއްވަރުގެ ހުނަރުވެރިންނެވެ.

އަވަސް އޮންލައިން އަކީ "1438" ގެ މީޑިއާ ޕާޓްނަރެވެ.