ޖިންސީ ގޯނާ

ވާދޫ ކައުންސިލް މެމްބަރަކު ކުޑަކުއްޖަކާ ބެހުނު މައްސަލައެއް ބަލަނީ

Nov 13, 2016
1

ގދ. ވާދޫ ފިރިހެނަކު ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ. އެނގިފައިވާ ގޮތުގައި ވާދޫގައި ކުޑަކުއްޖަކާ ބެހުނު ކަމަށް ތުހުމަތު ކުރެވެނީ އެރަށުގެ ކައުންސިލް މެންބަރެއްގެ މައްޗަށެވެ.

ފުލުހުން ބުނީ ގދ. ވާދޫއިން ފިރިހެނަކު ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގެ ރިޕޯޓް އިއްޔެ ލިބިފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލާގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކުޑަކުއްޖަކާ ބެހުނު ކަމުގެ ތުހުމަތު ވާދޫ ކައުންސިލަރެއްގެ މައްޗަށް ކުރެވޭއިރު، އެފަދަ ހާދިސާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ޖެންޑަ މިނިސްޓްރީން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އެފަދަ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުން މުހިއްމު ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.