ހަބަރު

13 އަހަރުގެ ކުއްޖަކާ ބެހިގެން 73 އަހަރުގެ މީހަކު ހައްޔަރުކޮށްފި

Mar 8, 2015

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ބެހިގެން 73 އަހަރުގެ ފިރިިހެނަކު ފުވައްމުލަކުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މީހާ ހައްޔަރުކޮށްފައި ވަނީ ޏ.އަތޮޅު ފެމިލީ އެންޑް ޗިލްރެން ސާވިސް ސެންޓަރުން މި މަހުގެ ހަތަރު ވަނަ ދުވަހު ހުށަހެޅި މައްސަަލަޔަކާ ގުޅިގެން ކަމަށެވެ.

އެ މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ތަހުގީގަށް 10 ދުވަހުގައި ބަންދުގައި ބެހެއްޓުމުގެ އަމުރެއް ދީފައި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ބަލަމުން ދަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުންނެވެ.