ރައްޔިތުންގެ މަޖިލިސް

ބަޖެޓް ބަހުސް ފަށައިފި، ތިން ދުވަހު ބަހުސް ކުރާނެ

ރައްޔިތުންގެ މަޖިލީހުގައި ދައުލަތުގެ ބަޖެޓުގެ ބަހުސް މިއަދު ފަށައިގެން ކުރިޔަށް އެބަދެ އެވެ. ރިޔާސަތުން މިއަދު އިއުލާނުކޮށްފައި ވަނީ ބަޖެޓު ބަހުސް މިރޭ 11:00 ޖަހަން ދެން ކުރިއަށް ގެންދާނެ ކަމަށެވެ.

ތިން ދުވަހަށް ކުރިޔަށް ގެންދާ ބަހުސްގައި ކޮންމެ ދުވަހަކުވެސް ހުސް ވަގުތުކޮޅެއް ދިނުމާއެކު އެގޮތަށް ކުރިޔަށް ގެންދަން ވޯޓަށް އެހުމުން އެގޮތަށް ފާސްކޮށްފައި ވަނީ 30 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 10 މެންބަރަކު މިއަދު ވޯޓް ދެއްވި އެވެ. ކޮމެޓީން ފާސްކޮށްފައިވާ ގޮތަށް ބަހުސްގައި ކޮންމެ މެންބަރަކަށް ވެސް ފުރަތަމަ ފުރުސަތުގައި ދެނީ 15 މިނެޓެވެ. ދެވަނަ ފުރުސަތުގައި ހަތް މިނިޓެވެ.

ބަޖެޓް ބަހުސް މިއަދު ފެށި އިރު އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ ބަޖެޓު ކޮމިޓީން ވަނީ ފަށާފަ އެވެ.

2017 އަށް ލަފާކުރި ބަޖެޓް

  • ޖުމްލަ ބަޖެޓު 26 ބިިލިއަން ރުފިޔާ
  • ލިބޭނެ އާމްދަނީ 21 ބިލިއަން ރުފިޔާ
  • ބަޖެޓުގެ ދަރަނި 303 މިިލިއަން ރުފިޔާ
  • 1.1 ބިލިއަން ރުފިޔާ އަރަނި ބަޖެޓެއް

އަންނަ އަހަރުގެ ބަޖެޓު ދަރަނި ހުންނާނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 303.7 މިލިއަން ރުފިޔާގަ އެވެ. މި އަދަދަކީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ގެ ނިސްބަތުން ބަލާނަމަ ގާތްގަނޑަކަށް ފަސް ޕަސެންޓެވެ. އަދި އަންނަ އަހަރުގެ ބަޖެޓު 1.1 ބިލިއަން ރުފިޔާ އަރަނި ވާނެ ކަމަށް އަންދާޒާ ކުރާއިރު، އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.