ޓޫރިޒަމް

ޓީޓީއެމް ފެއާގެ ޕްރިންޓް ޕާޓްނަރަކަށް އެމްސެވަން

Nov 16, 2016

ދިވެހި ޕީއާރް ކުންފުންޏެއް ކަމަށްވާ "މޯލްޑިވްސް ގެޓަވޭސް" އިން ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގެ ޕްރިންޓިން ޕާޓްނަރަކަށް އެމްސެވަން ހަމަޖައްސައިފި އެވެ.

ޓީޓީއެމްގެ އެއްބަސްވުމުގައި އެމްސެވަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުއްސައްތާރު އެވެ. އަދި މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ސޮއި ކުރެއްވީ އިބްރާހިމް އަރީފު އެވެ. އެމްސެވަންއަކީ ޕްރިންޓިންގެ ދާއިރާގައި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ އެއް ކުންފުންޏެވެ.

ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަކާއެކު، ބާއްވާ މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު / ޓޫރިސްޓު ހޮޓާތަކުގެ އިންވެރިން އަދި 50 ނޫސްވެރިންނާއި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރިވާނެ އެވެ.

މޯލްޑިވްސް ގެޓަވޭސްއިން ރިސޯޓުތަކަށް ހާއްސަ ފެއާއެއް އިންތިޒާމު ކުރިއިރު، 160 ގެސްޓް ހައުސް ވެރިންނާއެކު ދާދިފަހުން ގެސްޓް ހައުސް ކޮންފަރެންސް ވެސް ބާއްވާފައިވެ އެވެ