ހަބަރު

ކަރެކްޝަނަލް ސާވިސްގެ 31 އޮފިސަރަކު ހުވާ ކޮށްފި

Mar 9, 2015

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 31 އޮފިސަރުން ރޭ ހުވާކޮށްފި އެވެ.

ރޭގެ ރަސްމިއްޔާތުގައި ޖަލު އޮފިސަރުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޢަބްދުﷲ އަރީފް އެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ ރޭ ހުވާކުރި 31 އޮފިސަރުންގެ ތެރެއިން 10 އޮފިސަރުންނަކީ އެކި ސަބަބުތަކާހުރެ މީގެ ކުރިން ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތު ތަކުގައި ބައިވެރި ނުވެވިފައިވާ އޮފިސަރުން ކަމަށާއި 21 އޮފިސަރުންނަކީ މިހާރު ޕްރިޒަން އެކަޑަމީ އިން ކުރިއަށްގެންދާ އެންޓްރީ ލެވެލް ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކުރަމުންގެންދާ ބައިވެރިން ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒިލާލް އާއި ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އިބްރާހީމް ރިޒާ ގެ އިތުރުން ޖަލުތަކުގެ ޑައިރެކްޓަރުން ބައިވެރިވި އެވެ.