ގދ. ނަޑެއްލާ

ގދ. ގައި ގެނބިގެން މީހަކު މަރުވި މައްސަލަ ބަލަނީ

Nov 16, 2016

ގދ. އަތޮޅުގައި ގެނބިގެން މީހަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ދެކުނުގެ އެ އަތޮޅުގައި މީހަކު ގެނބިގެން މަރުވި ކަމަށް ހުށަހެޅި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ ހާދިސާ ހިނގާފައި ވަނީ ދެ މީހަކު އެ އަތޮޅު ރަތަފަންދޫން ހިނގާފައި ނަޑައްލާއަށް ދިއުމުގެ ތެރޭގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ދެމީހުންނަކީ ނަޑެއްލާގެ ދެމީހުންނެވެ. އޭގެ ތެރެއިން މަރުވީ ނަޑެއްލާ ނޫރަންވިލާ، މުހައްމަދު ރަޝީދު 31، އެވެ. މަރުގެ އެ ހާދިސާ ހިނގާފައި ވަނީ އެ ދެމީހުންގެ ދަތުރުގައި ފަޅުރަށެއް ކަމަށްވާ މާފުއްޓާ އަށް ދެވިފައި ވަނިކޮށް ރޭގެ ދަންވަރު އެވެ.

މުހައްމަދު ރަޝީދާއެކު ދެން ދިޔައީ ސޮލާހް ރަޝީދު ކިޔާ މީހެކެވެ. ގެނބިގެން މުހައްމަދު ރަޝީދު މަރުވުމުން ޑިންގީއެއްގައި ރަށަށް ގެނެސް ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ވެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ ޓީމެއް ވެސް ވަނީ ނަޑެއްލާއަށް ގޮސްފަ އެވެ.