ދުސިތް ތާނީ މޯލްޑީވްސް

ބެސްޓް ރިމޯޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދުސިތް ތާނީ މޯލްޑިވްސްއަށް

Nov 16, 2016

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ މަޝްހޫރު މަޖައްލާ ކޮންޑެނާސްޓް ޓްރެވެލާ ރީޑާސް އިން ދޭ ބެސްޓް ރިމޯޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދުސިތް ތާނީ މޯލްޑިވްސް ރިސޯޓަށް ލިބިއްޖެ އެވެ. މި އެވޯޑަކީ އެންމެ ލަގްޒަރީ އަދި އެންމެ ފުރިހަމަ ހިދުމަތްދޭ ރިސޯޓްތަކަށް ދޭ އެވޯޑެކެވެ.

މި އެވޯޑް ދީފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ޕާކް ހަޔަޓް ދުބާއީގައި ބޭއްވި 29 ވަނަ ކޮންޑެނާސްޓް ޓްރެވެލާސް އެވޯޑް ދިނުމުގެ ހަފްލާގަ އެވެ. ކޮންޑެނާސްޓް ޓްރެވެލާއަކީ ޓްރެވެލް ލަގްޒަރީ މެގަޒިން އެކެވެ. މި އެވޯޑަށް ރާއްޖޭގެ ފަރާތުން ހަވާލުވީ އަބޫދާބީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކައުންސެލާ މުސްއަބް އަބުދުﷲ އެވެ.

މި އެވޯޑް ދުސިތު ތާނީ މޯލްޑިވްސް އަށް ލިބިފައިވަނީ 300،000 ޓްރެވެލާސް އާ ވާދަކޮށް ރޭޓިން މިލިއަނަކަށްވުރެ މަތިން ބްރޭކް ކޮށްގެންނެވެ. މި އެވޯޑަށް ރާއްޖެ ޝޯޓް ލިސްޓްވެފައި ވަނީވެސް 75،000 އަށްވުރެ ގިނަ ކޮމެންޓް ލިބިގެންނެވެ. މި އެވޯޑަށް ރާއްޖެއާ އެންމެ ގާތުން ވާދަކޮށްފައިވަނީ ސީޝެލްސް އަދި ޒަންޒިބާރް އެވެ.

ދުސިތް ތާނީ އަކީ އާއިލާތަކަށް އެންމެ ފެވަރިޓް ހޮޓެލް ނުވަތަ ރިސޯޓްގެ އެވޯޑުވެސް ހޯދާފައިވާ ރިސޯޓެކެވެ. މި އެވޯޑާއެކު ރާއްޖެވަނީ މުޅި މެދުއިރުމަތީގެ އެންމެ މަޝްހޫރު ބީޗް ޑެސްޓިނޭޝަންގެ މަގާމު ހޯދާފަ އެވެ.