ވިޔަފާރި

ސަޓާ އެވޯޑު ކާމިޔާބުކަމާއެކު ނިންމާލައިފި

Nov 17, 2016

ދެކުނު އޭޝިޔާގެ ޓޫރިޒަމް ހާއްސަކޮގެން ބޭއްވި ސައުތު އޭޝިޔަން ޓްރެވަލް އެވޯޑު (ސަޓާ) ރޭ ނިންމާލައިފި އެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ މައުންޓް ލެވީނިޔާ ހޮޓެލްގައި ބޭއްވި މި އެވޯޑު އިންތިޒާމުކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ހައިރައިޒްއިންނެވެ. އެވޯޑަށް ސަޓާ އެވޯޑަށް 273 ނޮމިނޭޓް ކުރި އެވެ. މި އެވޯޑަށް 10 ދާއިރާއެއްގެ 39 ގިންތި އަކުން ދީފައިވެ އެވެ.

މި އެވޯޑުގައި ހިމެނޭ "ވިޒިޓާސް ޗޮއިސް" ބައިގެ ނުވަ ގިންތީގެ ތެރެއިން އަށް ގިންތި އަށް ރާއްޖޭގެ ރިސޯޓުތައް ވާދަކޮށްފައިވެ އެވެ. އަދި "ސެލްފް ނޮމިނޭޓް" ބައިގައި ހިމެނޭ 30 ގިންތި އަށް ރާއްޖޭގެ 140 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނޮމިނޭޓް ވި އެވެ.

ސަޓާ އެވޯޑަށް ނޮމިނޭޓް ވެފައިވާ ދުނިޔޭގެ ބޮޑެތި ޓްރެވަލް މަރުކާތައް ނޮމިނޭޓްކޮށްފައިވާ ސަޓާ އެވޯޑު އިންތިޒާމު ކުރާ "ހައިރައިޒް" އިން ބުނި ގޮތުގައި އެވޯޑަށް ނޮމިނޭޓް ވެފައިވާ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ސަޓާ އަށް ނޮމިނޭޓް ކޮށްފައިވާ މަޝްހޫރު ހޮޓެލް ޗެއިންތަކުގެ ތެރޭގައި ހައިޑަރޭ އާއި ޖުމެއިރާ، ޕާކް ހަޔަޓް، ކޮކޯ ކަލެކްޝަން، ވިލާ ގްރޫޕް، ސަން ސިޔާމް، އަދާރަން، ކޮންސްޓެންޓް، އެޓިކަން ސެޕްންސް އާއި ލީލާ ގްރޫޕުގެ އިތުރުން ކިންގްބެރީ، ތާޖް ސަމުންދްރާ، ކާސާ ކަލެކްޝަންފަދަ އެތައް ބްރޭންޑެއް ހިމެނޭ ކަމަށެވެ.