އިންވެސްޓްމެންޓް ފޯރަމް

ނައިބު ރައީސް ޖިހާދު އިންޑިއާއަށް ވަޑައިގެންފި

Nov 20, 2016

ތިންވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު އިންޑިޔާގެ ނިއުދިއްލީއަށް ފުރާވަޑައިގެންފިއެވެ. މި ރަސްމިއްޔާތު އޮންނާނީ އަންނަ އަންގާރަ ދުވަހު، ނިއުދިއްލީގައި ހުންނަ ތާޖް ޕެލެސް ހޮޓެލްގަ އެވެ.

ނައިބު ރައީސް، ޖިހާދުގެ މި ދަތުރުފުޅުގައި، އިންޑިޔާގެ ނައިބު ރައީސް އެމް ހާމިދު އަންސާރީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.
އެ މަނިކުފާނުގެ އަރިހުގައި މި ދަތުރުފުޅުގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސައީދު ބައިވެރިވެވަޑައިގަންނަވައެވެ.

އިންވެސްޓްމަންޓް ފޯރަމްގެ އިފްތިތާހީ ޖަލްސާ އަންގާރަ ދުވަހު އޮތް ނަމަވެސް ފޯރަމް ފަށާނީ މާދަމާ އެވެ. މާދަމާ ފޯރަމް ފަށާއިރު އިންޑިޔާ އާއި ރާއްޖޭގެ 400 ވިޔަފާރިއެއް އެ ފޯރަމްގައި ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި އިންޑިޔާގެ ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ.

އިންވެސްޓްމެންޓް ފޯރަމް އެންމެ ފުރަތަމަ ބޭއްވީ ސިންގަޕޫރުގައެވެ. ދެން ޗައިނާގަ އެވެ. މި ފޯރަމް ތައާރަފުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެވެ.