އެޗްއާރްސީއެމް

އަންހެންނުންގެ ހައްގާބެހޭ އެއްބަސްވުމެއްގައި އެޗްއާރްސީއެމުން ސޮއިކޮށްފި

Nov 22, 2016
2

އަންހެނުންގެ ހައްގުތައް ކުރިއަރުވައި ދިފާއު ކުރަން އެޗްއާރްސީއެމާއި ހޯޕް ފޯ ވިމެންއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެެވެ.

އެޗްއާރްސީއެމުން ބުނީ އިއްޔެވި އެއްބަސްވުމުގެ ދަށުން އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި ހާނީއްކަ ދިވެހި މުޖުތަމައުން ނަައްތާލުމާއި އިސްލާމް ދީނުގައި އަންހެންނުންނަށް ދީފައިވަ ހައްގުތައް ރައްކާތެރިކޮށްދީ ކުރިއެރުވުމާއި އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް މަސައްކަތް ކުރާނެ ކަމަށެވެ

އަދި ޖިންސީ ތަފާތު ކުރުންތައް ނައްތާލާއި އަންހެނުންގެ އިންސާނީ ހައްގުތައް ކުރި އރުވުމުގައި ޒުވާނުން ބައިވެރިކޮށް ކަމާ ގުޅުންހުރި މުއާހަދާތައް ތަންފީޒު ކުރުން އޭގެތެރޭގައި ހިމެނޭ ކަމަށް ވެސް ބުންޏެވެ.

މި އެއްބަސްވުމުގައި އެޗްއާރްސީއެމުން ސޮއި ކުރެއްވީ ނައިބު ރައީސް ޝިފާގު މުފީދެވެ. ހޯޕް ފޯ ވިމެންގެ ފަރާތުން ސޮއި ކުރެއްވީ ކުރީގެ ވަޒީރު އަދި ހޯޕް ފޯ ވިމެންގެ ވައިސް ޗެއާ ޕާސަން ރާޝިދާ ޔޫސުފެވެ.