ލައިފްސްޓައިލް

އާމަނަކަ ތެޔޮ ތަޖުރިބާކޮށްލަން ކޮންމެހެން މުހިންމު!

Nov 22, 2016
3

އާމަނަކަ ތެލަކީ ވެޖްޓަބަލް އޮއިލް އެކެވެ. މިއީ އާމަނަކަ އޮށުން ހަދާ ތެލެކެވެ. އެއްވެސް ރަހައެއްނުލާ އަދި އެއްވެސް ކުލައެއް ނުހުންނަށް ތެލެކެވެ. އެހެން ތެޔޮތަކާ ޚިލާފަށް އާމަނަކަ ތެލުގައި ވަރުގަދަ ވަހެއް ނުހުންނާނެވެ. އާމަނަކަ ތެލަކީ މިސްރު މީހުން ވަރަށް އިހުޒިމާނުން ފެށިގެން ބޭނުން ކުރަމުން އަންނަ ތެލެކެވެ. އޭގެ ފަހުން ޗައިނާ މީހުން އެމީހުންގެ ބޭސްވެރި ކަމުގައި އާމަނަކަ ތެޔޮ ބޭނުން ކުރަމުން ދިޔަ އެވެ. އަދި ޒީނަތްތެރި ވުމަށް ވެސް އާމަނަކަ ތެޔޮ އެންމެ އިހުޒަމާނުން ފެށިގެން މީހުން ބޭނުންކުރެ އެވެ. ހާއްސަކޮށް އަރަބިންނަކީ ޒީނަތްތެރި ވުމަށް އާމަނަކަ ތެޔޮ ބޭނުން ކުރި ބަޔެކެވެ.

ލޮަލަށް އާމަނަކަތެޔޮ ބޭނުން ކުރެވެދިނާގޮތްތަށް

ލޮލުގެ ހުންނަ ތެތްކަން ނެތި ލޯ ހިކޭ ގޮތް ބައެއް މީހުންނަށް ދިމާވެ އެވެ. މިހެން ދިމާވާނަމަ ލޮލަށް އާމަނަކަ ތެޔޮ ތިއްކެއް ޖަހާށެވެ. މިހެން ހެދުމުން ލޮލުގެ ތެތްކަން އިތުރުކޮށްދީ ލޮލުގެ އެތެރެ ސާފުކޮށް ދޭނެވެ. އަދި ނިދުމުގެ ކުރިން ކޮންމެ ލޮލަކަށް އާމަނަކަ ތެޔޮ ތިއްކެއް ޖެހުމަކީ ލޯތެރެ ސާފުކޮށް ހުދުކޮށްދޭނެ ކަމެކެވެ. މިއީ އެއްވެސް ކަހަލަ ކެމިކަލެއް ބޭނުން ނުކޮށް ލޯ ހުދުކޮށް ސާފުކޮށްލެވިދާނެ ގޮތެކެވެ. މީގެ އިތުރު ވެސް ލޯ ރަތްވެ ހިރުވާ ގޮތްވާ ނަމަވެސް އާމަނަކަ ތެޔޮ ބޭނުން ކުރުމުން ލޯ ސާފުވެ އިންފެކްޓްވުމާއި ދުރުކޮށްދޭނެވެ.

ލޯ ކައިރި ކަޅުވުމާއި ރޫޖެހުމަށް

ކޮންމެ ދުވަހަކުވެސް އާމަނަކަ ތެޔޮ ބޭނުންކޮށްގެން މޫނު މަތި މަސާޖު ކުރާނަމަ މޫނުގައި ރޫޖެހުން ދުރުކޮށްދީ މޫނު އޮމާންކޮށްދޭނެ އެވެ. އަދި ލޯ ކައިރި ވެސް މި ތެޔޮ ބޭނުންކޮށްގެން މަސާޖު ކުރާނަމަ، ލޯ ކައިރި ކަޅުވުމުން ދުރުކޮށްދީ ކުލަ އަލިކޮށްދޭނެ އެވެ. އަދި ފައިތިލަ ފެޅި ކަޅުވާނަމަ ވެސް އާމަނަކަ ތެލުން މަސާޖުކުރަން ފެށުމުން ފައިތިލަ މޮއިސްޗަރައިޒް ކޮށް ރީތިކޮށްދޭނެ އެވެ.

އިސްތަށިގަނޑު ވަރުގަދަ ކުރުމަށް

އިތަށި ފޭބުމުގެ މައްސަލަ އާއި ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް ވެސް މިއީ ވަރަށް ރަނގަޅު ތެލެކެވެ. ހަފްތާ އަކު އެކެއް ނުވަތަ ދެ ފަހަރު އާމަނަކަ ތެޔޮ ލައިގެން ބޯ މަސާޖު ކުރުމުން އިސްތަށި ފޭބުމުގެ މައްސަލައަށް ލުއެއް ލިބިގެންދާނެ އެވެ. އަދި ބޮލުން ހަންފޮޅޭ ނަމަވެސް އާމަނަކަ ތެލުން މަސާޖު ކުރުމަކީ އެކަމަށް އޮތް ހައްލެކެވެ. މީގެ އިތުރުން ވެސް އެސްފިޔަ އަދި ބުމައިގަ ހުންނަ އިސްތަށި ދިގު ކުރަން ވެސް އާމަނަކަ ތެޔޮ ބޭނުން ކުރެވިދާނެ އެވެ.