ދުނިޔެ

ހަތިޔާރުގެ މައްސަލައެއްގައި ލަންކާގެ ކުރީގެ ޑިފެންްސް ސެކްރެޓަރީ ރަށު ބަންދުކޮށްފި

Mar 10, 2015

ޕްރައިވެޓް ސެކިއުރިޓީ ކުންފުންޏެއްގެ ހަތިޔާރުތަކެއްގެ މައްސަލާގައި، ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޮ އަދި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔަކަ ރާޖަޕަކްސަ ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށްފި އެވެ.

ފުލުހުން ބުނީ ސެކިއުރިޓީ އަވަންޓް-ގާޑް ސެކިއުރިޓީ ސާވިސް ކުންފުންޏަކީ ގޮތަބަަޔަ އުފައްދަވާފައިވާ ކުންފުންޏެއް ކަމަށާއި ފްލޯޓިން އާސެނަލެއްގެ ގޮތުގައި ހަތިޔާރު ގެންގުޅެފައި ވަނީ އާގު ބޯޓުތައް އެތެރެވަރިއަށް ގެންނައިރު ސެކިއުރިޓީ ދިނުމުގެ ބޭނުމަށް ކަމަށް ކުންފުނިން ބުނާ ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ ކުންފުނީގެ ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ބިރު ދެއްކުމުގެ އަމަލުތައް ހިންގާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

ފުލުހުންނާ ހަވާލާދީ އޭއެފްޕީން ބުނީ ކޯޓުން މިހާރު ވަނީ ގޮތަަބަޔަ އާއި ކުންފުނީގެ އެހެން ތިން މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައި ކަމަށެވެ.

ހަތިޔާރުތަކުގެ އެންމެ ފުރަތަމަ ފެންމަތިވެފައި ވަނީ ޖެނުއަރީ މަހު ރިޔާސީ އިންތިހާބުގައި ރާޖަަޕަކްސަ އަށް ނާކާމިޔާބުވިތާ ދެތިން ދުވަސް ފަހުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުންނަށް ވަނީ 3000 އަށް ވުރެ ގިނަ ހަތިޔާރު ހުރި ބޯޓެއް ފެނިފަ އެވެ. --ބީބީސީ