ލައިފްސްޓައިލް

ސިކުނޑިއަށް ކާންދީ ވަރުގަދަކުރަން އިހްތިޔާރުތަކެއް

Nov 23, 2016

ގަވާއިދުން ރަނގަޅަށް ކެއުމަކީ ނަފުސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަމަށް ވެސް ވަރަށް މުހިންމު ކަމެކެވެ. ހިތާއި ފުއްޕާމެއާއި ހަށިގަނޑުގެ މަސްތަކަށް އެންމެ ފުރިހަމަ އަށް ނިއުޓްރިއެންޓްސް އާއި ތާސީރު ބޭނުންވާ ގޮތަށް ސިކުނޑިއަށް ވެސް އެ ފުރިހަމަކަމުގައި ނިއުޓްރިއަންޓްސްގެ ސަޕްލައި ފޯރުކޮށްދޭން ޖެހެ އެވެ. -- އެހެންވީމަ ސިކުނޑި އަށް އެންމެ ހާއްސަ "ކެއުމަކީ" ކޮބައި ހެއްޔެވެ؟

ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ވެސް ހަކަތަ ވަރަށް މުހިންމުވެ އެވެ. ހަކަތައާ ނުލައި ހަށިގަނޑުގެ ގުނަންތަކަށް ހަރަކާތްތަކެއް ނުކުރެވޭއިރު ސިކުނޑީގެ ފުރިހަމަ މަސައްކަތަށް ވެސް ހަކަތަ ވަރަށް މުހިންމެވެ. އެގޮތުން ބަލާއިރު ދުވަސް ފަށަން ސިކުނޑިއަށް "ހަކަތައިގެ ބޫސްޓެއް" ދޭ ނަމަ ހޯލްގްރެއިންގެ ބާވަތަކުން ބްރޭކްފާސްޓް ނެގުން ވަރަށް ވެސް ރަނގަޅުވާނެ އެވެ.

ހޯލް ގްރެއިންސް އެހާ މުހިންމީ ކީއްވެ؟

ސިކުނޑިއަށް ބޭނުންވާ ހަކަތައިގެ ފުރިހަމަ ޑޯޒެއް ދޭން ބޭނުންވަނީ ކަމުގައިވާނަމަ ހޯލް ގްރެއިންގެ ބާވަތްތަކުން ދުވަސް ފެށުން ވަރަށް ވެސް ރަނގަޅުވާނެ އެވެ. މިސާލަކަށް ހޯލްގްރެއިން ސީރިއަލް، ގްރެނަރީ ބްރެޑް ނުވަތަ ރައިސް އާއި ޕާސްޓާ ވެސް އިހްތިޔާރުކުރެވިދާނެ އެވެ. އެކަމަކު އަބަދުވެސް ހޯލް ގްރެއިންގެ ބާވަތެއް ކެއުމަކަށް އިހުތިޔާރުކުރާއިރު އޭގެ ގްލައިކެމިކް އިންޑެކްސް ވީހާ ވެސް ދަށް ކެއުމެއް ހޮވާށެވެ.

ގްލައިކެމިކް އިންޑެކްސް ނުވަތަ ލޯ-ޖީއައި އިހްތިޔާރުކުރަން ޖެހެނީ ލޭގައި ހަކުރުގެ މިންވަރު ދަށްކޮށް ކޮންޓްރޯލްކުރުމަށާއި މެޓަބޮލިޒަމް ވަރުގަދަކުރުމަށެވެ. ގްލައިކެމިކް އިންޑެކްސް ދަށް ހޯލް ގްރެއިންގެ ބާވަތްތައް ބޭނުންކުރުމުން ސިކުނޑިއަށް ދޭ ހަކަތައިގެ ޑޯޒް އެއް ވަރެއްގައި ދިގު މުއްދަތަކަށް ދެމިގެންދާ ފަދަ ގޮތަކަށް ތަރުތީބުކޮށްލެވެ އެވެ. ފައިދާ އަކީ މުޅި ދުވަހަށް ބޭނުންވާ ހަކަތައިން ސިކުނޑި ފުރިގެން ބަންޑުންވުމެވެ.

ތެޔޮކަން ގަދަ މަހުގެ ބާވަތްތައް

ހަށިގަނޑަށް މުހިންމުވާ ނުވަތަ ބޭނުންވާ ފެޓްސްގެ ބާވަތްތަކުގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ފެޓްސްއެއް ހަށިގަނޑުން އުފެއްދުމުގެ ގާބިލުކަން ލިބިފައިވިޔަސް ވަރަށް މުހިންމު ދެ ފެޓްސް އެއް މި ޖެހެނީ ބޭނުންކުރާ ކެއުމަކުން ނަގާށެވެ. އެއީ އެސެންޝިއަލް ފެޓީ އެސިޑްސް (އީއެފްއޭ) އެވެ. އޭގެ އެންމެ މުހިންމު ދެ ވައްތަރަކީ އޮމެގާ-6 އަދި އޮމެގާ-3 ފޯރުކޮށްދޭ ފެޓީ އެސިޑްސް އެވެ.

އެސެންޝިއަލް ފެޓީ އެސިޑްސް އަށް ބަލާއިރު މިއީ ސިކުނޑީގެ ހަރަކާތްތެރިކަން އިތުރުކުރުމަށް މުހިންމު މާއްދާތަކެކެވެ. ސިކުނޑީގެ އިތުރުން ހިތަށާއި ހުޅުހުޅަށް އަދި ފުރިހަމަ ދުޅަހެޔޮ ސިއްހަތަކަށް ވެސް ވަރަށް މުހިންމު ބާވަތްތަކެކެވެ.

އެގޮތުން މި މާއްދާތައް ލިބިގަތުމަށް ބަލާއިރު ތެޔޮކަން ގަދަ މަހުގެ ބާވަތްތައް ހިޔާރުކުރުން މުހިންމެވެ. މިސާލަކަށް ސެލްމަން ނުވަތަ ސާޑައިންސް ވެސް ރަނގަޅެވެ.

އަނގަހެފުމަކަށް ބްލޫބެރީސް

ދިރާސާތަކުން އެނގިފައިވާ ގޮތުގައި ބްލޫބެރީސް ގަވާއިދުން ވަކި މިންވަރަކަށް ކެއުމަކީ ޝޯޓް ޓާމް މެމޮރީ ލޮސް އަށް އޮތް ފަރުވާ އެކެވެ. ބްލޫބެރީސް އިން ލިއްބައިދޭ ސިއްހީ ފައިދާތައް ލިބިގަތުމަށް އިތުރަށް ދަހިވެތިވާ ނަމަ ގަދަ ރަތްކުލަ އާއި ދަނބުކުލަ ގަދަ އެހެނިހެން މޭވާ އާއި ތަރުކާރީ ވެސް ކެއުމުގައި ބޭނުންކުރެވިދާނެ އެވެ.

ވީހާ ވެސް ގިނައިން ޓޮމާޓޯ ކާށެވެ.

ޓޮމާޓޯ އިން ފާހަގަކޮށްލެވޭ ވަރަށް ވަރުގަދަ އެންޓިއޮކްސައިޑެންޓެއް ވެ އެވެ. އެއީ ލައިސޯޕީން އެވެ. މިއީ މުސްކުޅި އުމުރަށް ގޮސް ސިކުނޑީގެ ސެލްސްތަކުގެ ބާރު ކެނޑި ހަނދާން ނެތުން ފަދަ ބަލިތަކުގެ އަލާމަތްތައް ފެންނަން ފެށުމުން ސިކުނޑިއަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް މުހިންމު މާއްދާއެކެވެ. ވަކިން ހާއްސަކޮށް އޮލިވް އޮއިލްގައި ކުޑަކޮށް ރޯ ފިލުވާލައިގެން ޓޮމާޓޯ ކެއުމުން ފައިދާ ބޮޑެވެ.

ވިޓަމިންސް ވަރަށް މުހިންމު

ވިޓަމިން ބީގެ އެކި ވައްތަރުތައް ސިކުނޑިއަށް މުހިންމެވެ. މިސާލަކަށް ބީ6 އަދި ބީ12 އެވެ. މިއީ ހަނދާން ނެތުމުގެ ބައްޔާއި ސްޓްރޯކް ފަދަ ނުރައްކާތަކަށް އޮތް ފަސޭހައެކެވެ.

ވިޓަމިން ބީގެ މުއްސަނދިކަން ލިބިފައިވާ ކެއުންތަކަށް ބަލާއިރު ކުކުޅާއި ކަނޑު މަސް އަދި ކުކުޅު ބިހުގެ އިތުރުން ފެހިކަން ގަދަ ފަތްޕިލާލެވި ފާހަގަކޮށްލެވެ އެވެ.

ބްލެކްކަރަންޓްގެ ޑޯޒެއް!

ވިޓަމިން ސީ އަކީ އަބަދުވެސް ނަފުސާނީ ގާބިލުކަމާއި ހަކަތަ އާއި ގަދަފަދަކަމާ ގުޅިފައިވާ ބާވަތެެކެވެ. ވިޓަމިން ސީ ލިބިގަތުމަށް އެންމެ މަޝްހޫރު އެއް މޭވާގެ ބާތަކީ ބްލެކްކަރަންޓެވެ. މީގެ އިތުރުން ރެޑް ޕެޕާސް، ސިޓްރަސް ފުރްޓްސް އަދި ބްރޮކޮލީ ވެސް ފާހަގަކޮށްލެވެ އެވެ.