ވިޔަފާރި

އެސްޓީއޯގެ އެމްޑީގެ މަގާމަށް އަހުމަދު ޝަހީރު ހަމަޖައްސައިފި

Mar 10, 2015
1

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަހީރު ހަމަޖައްސައިފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި، އާދަމް އާޒިމް ވަކި ކުރެއްވުމަށްފަހު، ސަރުކާރުން އެ މަގާމަށް އައްޔަން ކޮށްފައިވާ އަހުމަދު ޝަހީރު ކުރިން ހުންނެވީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ހެޑުގެ މަގާމުގަ އެވެ.

އެސްޓީއޯގެ އެމްޑީ ކަމުން ވަކި ކުރެއްވި އާދަމް އާޒިމް އެ މަގާމަށް ސަރުކާރުން އައްޔަންކޮށްފައިވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.

އާޒިމްވަނީ އެސްޓީއޯގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދީފަ އެވެ. އެ ކުންފުނީގެ ސޭލް އެންޑް މާކެޓިން ޑިޕާޓްމަންޓް ވަރުގަދަ ކުރުމާއި ހަރަދު ކުޑަ ކުރުމަށް ހާއްސަ ސިޔާސަތުތަކެއް ފަރުމާ ކުރުން ހިމެނެ އެވެ.