ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ގުރޫޕް އޭ ގައި ޕީއެސްޖީ އަތުން 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން ގުރޫޕް އެއް ވަނަ އާސެނަލް އަށް ގެއްލިއްޖެއެވެ.
ޕޮއިންްޓްގެ ގޮތުން އާސެނަލްއާ ޕިއެސްޖީ އެއްވަރުވި ނަމަވެސް ޕިއެސްޖީއަށް އެއް ވަނަ ލިބެނީ ލަނޑުގެ ތަފާތުން ކުރި ލިބުމުންނެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މެޗްގައި ފުރަތަމަ ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ އެންޑަސަން ކަވާނީއެވެ. އާސެނަލް އަށް އެއް ވަރު ކޮށް ދިނީ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން އޮލިވާ ޖިރޫޑްއެވެ. އާސެނަލްގެ ދެ ވަނަ ލަނޑަކީ ޕީއެސްޖީގެ މާކޯ ވެރާޓީ އަތުން ބައި ކޮޅަށް ވަން ލަނޑެކެވެ.
ދެހާސް ތިން ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ގުރޫޕްގެ އެއް ވަނައިގައި ނިންމާލުމުގެ އުންމިދުގައި ތިބި އާސެނަލްގެ އުންމީދަށް ހުރަސް އެޅުނީ އެޓީމުގެ އެލެކްސް އިވޯބީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
އާސެނަލް އަށް ގުރޫޕްގެ އެއް ވަނަ ހޯދުން އޮތީ ގުރޫޕްގެ ފަހު މެޗްގައި ސްވިޒަލޭންޑްގެ އެފްސީ ބެސަލް އަތުން މޮޅުވެ ޕީއެސްޖީ ލުޑްގްރޯޓްސް އަތުން ބަލިވެ ނުވަތަ އެއް ވަރުވުމުންެވެ.