އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހަސަން ލަތީފު ކުރިމަތިލައްވަނީ

ހުސްވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލް ހަސަން ލަތީފު ކުރިމަތި ލައްވާނެކަން ހާމަކުރައްވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަލީ ވަހީދު އިސްތިއުފާ ދެއްވީ އަމިއްލަ ވަޒަނުން އަރުވާލެވި، ބޭރު ގައުމެއްގެ ހިމާޔަތުގައި ހުންނަވައި، އިތުރަށް މަގާމު ދެމެހެއްޓުމަށްވުރެ، ޕާޓީ އާއި ރާއްޖޭގެ މިވަގުތުގެ ހާލަތަށް ބައްލަވައި، ޖަމާއާތުގެ މަސްލަޙަތަށްޓަކައި، ރާއްޖޭގައި ގާއިމްވެ ތިބި ފަރާތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވަން އެ ޕާޓީން އިންތިހާބު ބާއްވާނެ ދުވަހެއް އަދި އިއުލާން ކޮށްފައި ނުވާއިރު ކުރީގެ ޔޫތް މިނިސްޓަރު ހަސަން ލަތީފުގެ ފިޔަވައި އެކަމަށް ޝައުގުވެރިކަން އެހެން ބޭފުޅަކު އަދި ފާޅުކުރައްވާފައެއް ނުވެ އެވެ.