ހަބަރު

"މަޝްވަރާއަށް މަރުހަބާ ކިޔާނެ، އެކަމާ ހަވާލުވެ ހުރީ ވެސް އަޅުގަނޑު"

Mar 10, 2015

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަބަދުވެސް މަޝްވަރާއަށް މަރުހަބާ ކިޔާނެ ކަމަށް ހޯމް މިިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ދިޓީވީގައި މިރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ މަޝްވަރާގެ ތެރެއިން މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް ސަރުކާރުން އުންމީދު ކުރާ ކަމަށާއި އިދިކޮޅު ފަރަތްތަކާއެކު މަޝްވަރާ ކުރަން ސަރުކާރުން ހަވާލުކޮށްފައި ވަނީ ވަނީ އެމަނިކުފާނާ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ މަޝްވަރާ ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަންހުރި އިރު ކޯޓްތަކުގައި ކުރިއަށްދާ ޝަރީއަތްތަކާއި މެދު މަޝްވަރާ ނުކުރެވެން ނޯންނާނެ ކަމަށެވެ.

މާލޭގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކަށް އިޝާރާތް ކުރައްވާ މިނިސްޓަރު އުމަރު ވިދާޅުވީ ކޮންމެ ރެއަކު ކުރިޔަށްދަނީ ކުދިކުދި މުޒާހަރާތަކެއް ކަމަށެވެ. އަދި ކުރީގެ ރައީސް ނަޝީދު ހައްޔަރުކޮށްގެން މުޒާހަރާ ކުރަނީ ވެސް މަދު ބައެއް ކަމަށާއި އެ މުޒާހަރާތަކަށް މީހުން ނުކުންނަނީ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި ކުރުން އެމްޑީޕީގެ ގިނަ މެންބަރުން ވެސް ގަބޫލު ނުކުރާތީ ކަމަށެވެ.