މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އައްސޭރި ޖަލުގައި ހުރި ގައިދީއަކު މަރުވެއްޖެ

Dec 1, 2016
1

އައްސޭރި ޖަލުގައި ހުކުމް ތަންފީޒްކުރަމުންދިޔަ ގައިދީއަކު ރޭ ފަތިހު މަރުވެއްޖެ އެވެ. މަރުވެފައި ވަނީ އުމުރުން 55 އަހަރުގެ އަޙްމަދު ހަސަން، ދަފްތަރު 9058 އެވެ.

އެކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާގެ މަރުގެ ހާދިސާ ފުލުހުން ގެންދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.

މީގެ 25 ދުވަސް ކުރިން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަފައި ހުރި މީހަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވެއެވެ. އެ ފަހަރު މަރުވީ ދ. ވާނީ، ބުލޫހެވަން، ހުސައިން ޒަރީރު އެވެ.