ބޭރު ކުޅިވަރު

މިއީ ކުރި މަސައްކަތުގެ ނަތީޖާއެއް ނޫން: މޮރީނިއޯ

Dec 5, 2016
1

މެންޗެސްޓާ ޔުނައިޓަޑް ލީޑްގައި އޮވެ މެޗް ނިމެން ދަނިކޮށް މެޗްގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއިން މެޗްގެ ނަތީޖާ ހަމަހަމަ ވުމަކީ ޔުނައިޓަޑް ކުރި މަސައްކަތުގެ ނަތީޖާއެއް ނޫން ކަމަށެވެ.

މޮރީނިއޯ ބުނީ ޔުނައިޓަޑަށް ލިބުނީ އެޓީމު ކުރި މަސައްކަތުގެ ނަތީޖާއެއް ނޫން ކަމަށާއި ނަމަވެސް އެވަޓަންއިން މެޗް ނިންމާލީ އެ ޓީމުން ނުކުރާ މަސައްކަތަކަށް ވުމުން ލިބުނު ނަތީޖާއާ މެދު ހިތްހަމަޖެހިގެން ކަމަށެވެ.

"އަހަރެމެންނަށް މި ލިބުނީ އަހަރެމެން ކުރި މަސައްކަތުގެ ނަތީޖާއެއް ނޫން އަހަރެމެންނަށް މޮޅެއް ހައްގު ނަމަވެސް އެއްވަރުވެގެން ނިމުނީ، އެ ޓީމު ދަނޑުން ފައިބައިގެން އެދިޔައީ ޕޮއިންޓަކާއެކު ވަރަށް ބޮޑަށް އުފާ ފާޅުކޮށްގެން، އެމީހުން ނުކުރާ މަސައްކަތަކުން އެ ނަތީޖާ އެމީހުންނަކަށް ހައްގެއް ނޫން އަހަރެމެން ދަނޑުން ފައިބައިގެން އައި އަހަރެމެންނަށް މިއަށްވުރެ ބޮޑަށް ހައްގުވާ ކަމަށް ގަބޫލު ކޮށްގެން."

މެޗް އެއްވަރުވީ މެޗްގެ 85 ވަނަ މިނެޓްގައި މަރުއާން ފެލައިނީ ކުޅެން އަރުވައި، އޭގެ ހަތަރު މިނެޓްފަހުން އޭނާ ކުރި ފައުލަކާ ގުޅިގެން އެވަޓަން އަށް ލިބުނު ޕެނަލްޓީއެއްގައެވެ.

ކުޅެން އެރި ގޮތަށް ކުރި ފައުލާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ފެލައިނީއަށް ހުއްޓުނެވެ. އޭނާ ކުޅެން އެރުވީތީ މޮރީނިއޯއަށް އޮތް ފާޑު ކިޔުންވެސް ވަކި ކުޑަ އެއް ނުވިއެވެ.

ނަމަވެސް މޮރީނިއޯ ވަނީ ފެލައިނީ އާއި އަދި އޭނާ ކުޅެން އަރުވަން ނިންމި ނިންމުން ދިފާއުކޮށްފައެވެ.

"އޭނާ ކުޅެން ނެރުނީ އެވަޓަންގެ ކުޅުމުގެ ސްޓައިލްއާއި އޭނާގެ އިސްކޮޅަށް ބަލައި އެޑްވާންޓޭޖެއް ނަގައި އެވަޓަންގެ ކުޅުން ހުއްޓުވަން،" މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.

"އެވަޓަންއަކީ ޕާސްކޮށްގެން ކުޅޭ ޓީމެއް ނޫން އެޓީމު ކުޅެނީ މީގެ ކުރިންވެސް އެޓީމު ކުޅޭ ގޮތަށް އެމީހުން ކުޅެނީ ޑައިރެކްޓް ފުޓްބޯޅަ އެއް.. އެޓީމުގެ ހުރިހާ އެންމެ ކުޅޭނީ ޑައިރެކްޓް ފުޓްބޯޅައެއް."

"ބެންޗްގައި އިސްކޮޅުން ދެ މީޓަރުގެ ކުޅުންތެރިޔަކު ހުރެފައި އެކުޅުންތެރިޔާ ކުރީގައި ބަހައްޓައިގެން މެޗުން މޮޅުވުމަށް ޓަކައި ޑިފެންސް ލައިނަށް އެހީވުމަށް އެކުޅުންތެރިޔަކު މެޗަށް ނުނެރޭނީ ކާކު."

އެވަޓަންގެ ސްޓޭޑިއަމް ގުޑްސަން ޕާކްގައި ކުޅުނު މެޗްގައި މެން ޔުނައިޓަޑަށް ލީޑް ނަގައިދިނީ އެންތޮނީ މާޝިއަލް ތަނަވަސްކޮށް ދިން ފުރުސަތަކުން ޒަލްޓާން އިބްރޮހިމަވިޗަށް ލިބުނު ބޯޅަ އެވަޓަންގެ ގޯލް ކީޕަރު މާޓިން ސްޓެކްލަންބާގް ބޯމަތިން އޮއްސޯލައިގެންނެވެ.