ހަބަރު

ކުޑަ އަންހެން ކުއްޖަކާ ބެހިގެން މީހަކު ހައްޔަރުކޮށްފި

Mar 11, 2015

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ތ.ގުރައިދޫން 35 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހޯމަ ދުވަހުގެ ރޭ ކަމަށެވެ.

މި މައްސަލަ ގުރައިދޫ ޕޮލިސް ސްޓޭޝަނުން ބަލަމުން ދާއިރު، ހައްޔަރުކުރި މީހާ ތަހުގީގަށް 15 ދުވަހު ބަންދުގައި ބަހައްޓަން ތ.މަޑިފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރު ދީފަ އެވެ.