ބޭރު ކުޅިވަރު

ކޮންމެވެސް ދުވަހަކުން އިންޓަގެ ކޯޗް ކަން ކުރާނަން: ސިމިއޭނޯ

ކޮންމެވެސް ދުވަހަކުން އިންޓަ މިލާންގެ ކޯޗްކަން ކުރާނެ ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޭނޯ ބުނެފިއެވެ.

ޗެމްޕިއަންސް ލީގްގައި މިރޭ ބަޔާން މިޔުނިކާ ދެކޮޅަށް ކުޅޭ މެޗްގެ ކުރިން މީޑީއާ ވާހަކަ ދައްކަމުން ކުރިން އެތުލެޓިކޯ މެޑްރިޑަށް ކުޅޭފައިވާ ސިމިއޭނޯ ބުނީ ކޮންމެވެސް ދުވަހަކުން އިންޓަގެ ކޯޗް ކަން ކުރާނެ ކަމަށެވެ.

"އަހަރެންގެ ކުރިމަގު ކުޑަ ކޮށް ސާފް، ބުނާނެ މާގިނަ އެއްޗެއްނެތް." އޭނާ ބުންޏެވެ.

ސިމިއޭނޯގެ ދަރިފުޅުން ގިއޯ މީގެ ކުރިން ބުނެފައިވަނީ އިންޓަގެ ކޯޗްކަން އޭނާގެ ބައްޕަ ގަބޫލު ކުރާނެ ކަމަށެވެ.

"އޭނަ އަކީ އަހަރެންގެ ދަރިފުޅު، ދަރިފުޅު، އަންހެނުން، ބައްޕަ އާ އަަހރެން އަބަދުވެސް މިވާހަކަ ދައްކަން އެމީހުންނަށް އެންގޭނެ އަހަރެން ކޮންމެވެސް ދުވަހަކުން އިންޓައަށް ކޯޗް ކޮށްދޭނެ ކަން."

އޭނާ ބުނީ މިވަގުތު އޭނާގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ވުރެ އޭނާ އަށް އެންމެ މުހިންމީ މިރޭ ބަޔާން މިޔުނިކާ ދެކޮޅަށް ކުޅޭ މެޗް ކަމަށެވެ.

"ބަޔާން މިޔުނިކަކީ އުނދަގޫ ވަރުގަދަ ޓީމެއް، އެންޗެލޯޓީ އާއި ގާޑިއޯލާ އެޓީމުން ބޭނުން ކުރަނީ ތަފާތު ސިސްޓަމެއް،" އޭނާ ބުންޏެވެ.