ހަބަރު

ގޯލްޑް ޕާޓްނާ އީވޯ: ގެތަކާއި އޮފީސް ތަކަށް ޒަމާނީ ހިތްގައިމުކަން

ވިޔަފާރި އެއް ފަށަން ވިސްނި ހިސާބުން ބޭނުންވީ ކޮލިޓީ އަދި ފެންވަރު ރަނގަޅު ހިދުމަތެއް ދޭށެވެ. ތިން އަހަރު ކުރިން އީވޯ ކުންފުނި އުފައްދާ ފަރުނީޗަރު ވިއްކަން ފެށީ އެބޭނުމުގަ އެވެ. ރާއްޖޭގެ ބާޒާރުން ލިބެން ހުރި މަދު "އޮޕްޝަން" ތަކަށް އިތުރު ބޮޅުތަކެއް އިތުރުކޮށްލަންވެ ބޭނުންވީ އެވެ. ހަމައެކަނި ފަރުނީޗަރެއް ނޫނެވެ. އިންޓީރިއާގެ ފިނިޝިން އަށް ބޭނުންވާ ކޮލިޓީ އުފެއްދުންތައްވެސް ގެނެސް ރާއްޖޭގެ ބާޒާރަށް ތައާރަފް ކުރީ އެވެ. މިއީ "އީވޯ" ފެށިގެން އައި ގޮތް ކުރު ގޮތަކަށެވެ.

އެންމެ ފުރަތަމަ އީވޯ އުފެދިގެން އައީ ހަމައެކަނި ފަރުނީޗަރު ވިއްކާ ފިހާރައެއްގެ ގޮތުގަ އެވެ. އެއަށްފަހު ބަދިގެ އަށް ބޭނުންވާ ހުރިހާ ސާމާނަކެވެ. އެގޮތަށް ފުޅާވަމުންގޮސް މިހާރު އޮފީހަކަށް ވިޔަސް، ގެއަކަށް ވިޔަސް އެތަނަކަށް ބޭނުންވާނެ ހުރިހާ ފަރުނީޗަރެއް އަދި އިންޓީރިއާ ފިނިޝިން އިން ފެށިގެން އެތަނަކަށް ބޭނުންވާނެ ހުރިހާ ސާމާނެއް އީވޯ އިން ލިބޭނެ އެވެ.

"މިސާލަކަށް ބުނަންޏާ އީވޯ އިން ބަދިގޭގެ ފަރުނީޗާ، އޭގެ އިތުރުން ފްލޯރިން އަދި އެފްއެންބީ، ބަދިގޭގައި ހިފާގެންގުޅޭނެ ސާމާނު ލިބެން ހުންނާނެ. އަދި ލައިޓިން އާއި މިސާލަކަށް ބުނަންޏާ ވޯކްޓޮޕް ހެދުމާއި ކްލެޑިން އަށް ބޭނުންވާ ވަރަށް ގިނަ ތަކެތިވެސް އީވޯގެ ތަންތަނުން ލިބެން ހުންނާނެ. އީވޯގެ ކޮންސެޕްޓަކީ އީވޯގެ ހުރިހާ އައުޓްލެޓްތަކެއް އެއްކޮށްލީމަ ޕްރޮޖެކްޓްއެއް ވިޔަސް، ރެޒިޑެންޝަލް ވިޔަސް އަދި ކޮމާޝަލް ތަނަކަށް ވިޔަސް އެތަނަކަށް ބޭނުންވާ ހުރިހާ އެއްޗެއް އީވޯގެ ތަންތަނުން ލިބެން ހުރުން" އީވޯގެ ޖެނެރަލް މެނޭޖާ މުހުތާރު ސައީދު ވިދާޅުވި އެވެ.

ޕްރޮޑަކްޓްތައް ޔޫރަޕުން، ރާއްޖޭގައި ޑިމާންޑް ބޮޑު

އީވޯގެ ފިހާރަތަކުން ވިއްކާ ޕްރޮޑަކްޓްތަކަކީ ޔޫރަޕްގައި އެންމެ މަޝްހޫރު އަދި އެންމެ ކޮލިޓީ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތަކެވެ. އެމެރިކާގެ މަޝްހޫރު އޮނެއިޑާ ބްރޭންޑާއި ޔޫކޭގެ ފިލިޕީ ބްރޭންޑްގެ ޕްރޮޑަކްޓް ތަކެވެެ. އަދި ޖަރުމަނުގެ ކޮލިޓީ ބްރޭންޑްތަކެވެ. ކިތަންމެ ދިގުކޮށްވެސް މި ލިސްޓު ކިއި ދާނެ އެވެ. ހުރިހާ ބްރޭންޑަކީވެސް ޔޫރަޕްގެ ކޮލިޓީ ބްރޭންޑްތަކެވެ.

އީވޯގެ ޕްރޮޑަކްޓްސް ތަކުގެ ތެރެއިން ހަމައެކަނި ފަރުނީޗަރަށް ބަލައިލާއިރު އެ ފަރުނީޗަރުތަކަކީ ރޫޅާ ރޭވިއަސް ފަސޭހައިން ހަލާކުވާނެ އުފެއްދުންތަކެއް ނޫނެވެ. އީވޯގެ ފަރުނީޗަރުތައް އުފައްދާފައިވަނީ "ކުއްޔަށް" ދިރިއުޅޭ ފަރާތްތަކަށް އެންމެ އެކަށީގެންވާ ގޮތަށެވެ. އަހަރު ދެކޮޅު ގެ ބަދަލުވެ ފަރުނީޗަރުތައް އަލުން ބަލުން ރޭވޭ ފެންވަރުގަ އެވެ. ފެން އެޅުނަސް ހަލާކެއް ނުވާނެ އެވެ.

ރާއްޖޭގައި އީވޯގެ ޕްރޮޑަކްޓްތައް ފަތުއަޑު ކިޔާލާފައި ވިކެނީ ހަމައެކަނި ކޮލިޓީ ރަނގަޅުވެ އަގުހެޔޮވީމައެއް ނޫނެވެ. އޭގެ ތެރެއަށް ޑިޒައިނިންވެސް އަންނާތީ އެވެ. ކަސްޓަމަރު ބޭނުންވާ ގޮތަށް ގޭތެރޭ ޑިޒައިން ކޮށްލުމުގެ ހިދުމަތް އީވޯ އިން ދެ އެވެ. ތަމްރީނު ލިބިފައިވާ މުވައްޒަފުން ދޭ މި ހިދުމަތަކަށް އީވޯ އިން އަގެއްވެސް ނުނަގަ އެވެ. ކަސްޓަމަރަށް ދޭ ހަދިޔާއެއްގެ ގޮތުގައި ދޫކޮށްލަނީ އެވެ. އަދި އެވަރަކުންވެސް ނުނިމެ އެވެ. ކަސްޓަމަރު ބޭނުންވާނަމަ އާ ފަރުނީޗަރު "އުފައްދައިގެން"ވެސް ގެނެސްދޭނެ އެވެ. ބޭނުން ޑިޒައިނަކަށް ބޭނުން ކުލައަކުންނެވެ.

އީވޯ އިން އޮފީސް ފަރުނީޗަރު ގެނެސް ނުވިއްކި ނަމަވެސް ޕްރީ އޯޑާ ކުރުމުން ކަސްޓަމަރު ބޭނުންވާ ގޮތަށް އުފައްދައިގެން ގެނެސްދެ އެވެ.

އީވޯ ހޯމް އަށް ވަދެލުމުން އެންމެ ފެންވަރު ގެއަކަށް ބޭނުންވާ ސާމާނު ހެޔޮއަގެއްގައި ލިބޭއިރު އީވޯ ސޮލިއުޝަން އަށް ވަދެލުމުން ފަތުރުވެރިކަމުގެ ދާއިރާއަކަށް ބޭނުންވާނެ ހުރިހާ އެއްޗެއްވެސް ލިބެން ހުންނާނެ އެވެ. ރިސޯޓުތަކާއި، ފުޑް އެންޑް ހޮސްޕިޓަލިޓީ އަދި ފަތުރުވެރިކަމުގެ ދާއިރާ ބޭނުންވާނެ ހުރިހާ އެއްޗެއް އެބަހުއްޓެވެ. ޕްލޭޓްސް، ކަޕްސް، ބިއްލޫރި ތަށި، ކަޓްލަރީ ފަދަ ޕްރޮޑަކްޓްސްތައްވެސް ލިބެން ހުންނާނެ އެވެ.

އީވޯގެ ފްލޯރިން އަށް ބަލާއިރު އޭގެ ވާހަކަ ދައްކާ ކޮޅުންލާކަށް ނެތެވެ. ކުރުކޮށް ބުނާނަމަ އީވޯއިން ލިބެން ހުންނަ ފްލޯރިން އަކީ އަގުއެހާ ހެޔޮ އިރު އިންސްޓޯލް ކުރަންވެސް އެހާ ފަސޭހަ އެވެ. ކްލިކް ސިސްޓަމެއް ހުންނަ އިރު ފަސޭހައިން އިންސްޓޯލްކޮށް، ޑިސްމެންޓަލް ކުރެވެ އެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ އެކަތި ގެ މައްޗަށް އަނެކަތި ލާފައި ކްލިކްއެއް ކޮށްލުމެވެ.

މިހުރިހާ އުފެއްދުންތައްވެސް ހުރީ "ހައި އެންޑް" އިން ފެށިގެން "މިޑްލް ކްލާސް" ފެންވަރުގެ މީހުންނަށްވެސް ގަނެވޭ ބްރޭންޑްތަކުގަ އެވެ.

އީވޯއިން އިތުރު ހަރުފަތަކަށް ޖެހި ކޮންސްޓްރަކްޝަން ސާމާނުތައްވެސް މިހާރު ވިއްކަން ފަށައިފި އެވެ. އާ ފެކްޓްރީއެއް ހުޅުމާލޭގައި ހުޅުވާ ނިކަން އަވަހަށް ހިދުމަތް ދޭނެ އެވެ. ފަހުގެ މެޝިނަރީސް ބޭނުންކޮށްގެން މާބްލް އަދި ގްރެނައިޓް ކަފައިގެން ވޯކްޓޮޕް، ޓައިލްސް ފަދަ އެއްޗެހި ވިއްކަން ތައްޔާރުވަނީ އެވެ. އެހެންވީމަ އިމާރާތެއް ކުރަން މިހާރު އީވޯ އަށް ނުގޮސް ވާކަށް ނެތެވެ.

އެންމެ އިސްކަމެއް ފެންވަރު ރަނގަޅު ހިދުމަތަށް

މިއީ އީވޯގެ އަމާޒެވެ. އީވޯގެ ތިން ފިހާރަ މާލޭގައި ހުރި އިރު އެ ތިން ފިހާރައިން ލިބޭ އުފެއްދުންތައް ވިއްކާ އައުޓްލެޓެއް އައްޑު އަތޮޅުގައި މިވަނީ ގާއިމްކޮށްފަ އެވެ. އަދަދު މަދު ނަމަވެސް ކޮލިޓީ ދަށެއް ނުވާނެ އެވެ. އަގުވެސް ހަމަ އެއްވަރެވެ. ތިން އަހަރުގެ ތެރޭގައި މިފަދަ ބޮޑު ކާމިޔާބެއް ލިބޭނީ ހަމަ ގައިމުވެސް އީވޯގެ ހިދުމަތް އާންމުން ބަލައިގަތީމަ އެވެ.

"އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި އިތުރު އައުޓްލެޓްތައް ނުހަދާ މިހާރު ހުރި އައުޓްލެޓްތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރަމުންދާނީ. އެއީ މިހާރު ވަރަށް ބޮޑު ސެޓަޕެއް ހެދިފައި މިއޮތީ. އޭގޮތުން ބައެއް ހިދުމަތްތައް ސްޓްރީމް ލައިންކޮށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރާނީ" މުހުތާރު ސައީދު ވިދާޅުވި އެވެ.

އީވޯއަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެންމެ އެކަށީގެންވާ ގާބިލް މުވައްޒަފުން ބޭނުންވާ އަދަދަށް ނުލިބުމެވެ. ނަމަވެސް އީވޯގައި މިހާރުވެސް މަސައްކަތް ކުރާ މުވައްޒަފުންނަކީ ހަމައެކަށީގެންވާ ވަރުގެ ގާބިލްކަން ލިބިފައިވާ މުވައްޒަފުންނެވެ. މި ހުރިހާ ކާމިޔާބެއްގެ ފަހަތުގައި އޮތީ އީވޯގެ ކުޅަދާނަ އަދި ހިތްވަރު ގަދަ ޓީމަށެވެ. އީވޯގެ މެނޭޖްމަންޓުން މިހުރިހާ ކާމިޔާބެއްގެ ޝުކުރު ހައްގުވަނީ އެޓީމަށެވެ.