ބޭރު ކުޅިވަރު

ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް ޓޮޓަންހަމް ޔޫރޮޕާ ލީގަށް

Dec 8, 2016

ޔޫއެފްއާ ޗެމްޕިއަންސް ލީގުން ކަޓާފައިވާ ޓޮޓަންހަމް ހޮޓްސްޕާ ރޭ ގުރޫޕްގެ ފަހު މެޗްގައި ރަޝީޔާގެ ސީއެސްކޭ މޮސްކޯ ބަލިކޮށް ގުރުޕްގެ ތިން ވަނަ ކަށަވަރު ކުރުމުން އެޓީމަށް ޔޫރޮޕާ ލީގުން ފުރުސަތު ލިބިއްޖެ އެވެ.

އެ ޓީމު ވާދަ ކުރާނީ ޔޫރޮޕާ ލީގްގެ ދެ ވަނަ ބުރުގައެވެ. މިއީ ޔޫރޮޕާ ލީގްގައި ޖެހިޖެހިގެން ޓޮޓަންހަމް ވާދަ ކުރާ ހަ ވަނަ ފަހަރެވެ.

ނަމަވެސް ފަސް އަަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބި ދެ ވަނަ ބުރަށް ނުދެވުމަކީ އެޓީމަށް ކުރިމަތިވި ހިތް ދަތިކަމެކެވެ.

"ސަޕޯޓަރުންނަށް ވަރަށް ހާއްސަ ޝުކުރެއް. އަހަރެމެން ތިބީ މޮނަކޯ މެޗަށް ފަހު (މުބާރާތުން ކެޓުމުން) ވަރަށް ބޮޑަށް ހިތްދަތި ވެފަ. ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ޓޯޓަންހަމްގެ ކޯޗް މައުރީޝިއާ ޕޮޝެޓީނޯ ބުންޏެވެ.

"ލީގްގައި ޗެލްސީއާ އާއި ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އަހަރެމެންނަށް ކުރި އެރުން އައިއްސިކަން ވަރަށް ބޮޑަށް އެނގިގެން ހިނގައްޖެ. އަހަރެމެންގެ ފެންވަރު ވަރަށް ބޮޑަށް މަތިވެގެން ހިނގައްޖެ".