ހަބަރު

އެމްއައިބީ އިން ދޭ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކިޔަވައިދިނުމަށް ފަސް ފުލް ސްކޮލާޝިޕް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިސްލާމިކް ޔުނިވަސިޓީއަށް ދީފި އެވެ.

އިސްލާމިކް ޔުނިވަސިޓީން މިއަދު ބުނީ، އެމްއައިބީން ދިން ސްކޮލާޝިޕްތަކުގައި ކިޔަވާނީ ފެށޭ ޖެނުއަރީ މަހު އެ ޔުނިވަސިޓީން ފެށުމަށް ހަމަޖެހިފައިވާ "ބެޗްލާ އޮފް އިސްލާޟިކް ފައިނޭންސް" ކޯހުގައި ތިން އަހަރުގެ މުއްދަތަށް ކަމަށެވެ.

އެ ފަސް ސްކޮލާޝިފަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލާފަ އެވެ.

އައިޔޫއެމުން ބުނީ ސްކޮލާޝިޕްތަކުގައި ކިޔެވުމަށް މާލެއަށް ބަދަލުވާ ފަރާތެއް ނަމަ ކޯސް ފީގެ އިތުރަށް އެސްޓަބްލިޝްމަންޓް އެލަވަންސް ގޮތުގައި 2000ރ. އާއި އަހަރަކު އެއްފަހަރު ރަށަށް ގޮސް އައުމަށް ދެކޮޅު ޓިކެޓާއި، އެކޮމޮޑޭޝަން އަދި ކެއުމަށް 2500 ރ. ގެ އިތުރުން ލެޕްޓޮޕް އެލަވަންސްގެ ގޮތުގައި 7000 ރ. ދޭނެ ކަމަށެވެ. އަދި ކޮންމެ ސެމެސްޓާއެއްގެ ފޮތް އެލަވަންސްގެ ގޮތުގައި 1000 ރ، އާއި ޕޮކެޓްމަނީގެ ގޮތު 1000 ރ، ވެސް ބޭންކުގެ ފަރާތުން ދޭނެ ކަމަށެވެ.