ހަބަރު

ފީއަލީއާ އެކު ނުވަ ރަށެއްގައި ނަރުދަމާ އަޅާނެ ބަޔަކު ހޯދަނީ

Dec 8, 2016
2

ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ ނުވަ ރަށެއްގެ ނަރުދަމާގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އެންވަރަމެންޓް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ ނުވަ ރަށަކީ ހއ.އުތީމު، ނ.ލަންދޫ، ރ.މާކުރަތު، ރ.ރަސްމާދޫ، ކ.ކާށިދޫ، އދ.ހަންޏާމީދޫ، އދ.އޮމަދޫ، ފ.ފީއަލި، އަދި ލ.މާވަށެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ނަރުދަމާގެ ވިޔުގަ ގާއިމްކުރުމާއި، ލިފްޓިން ސްޓޭޝަނާއި ޕަމްޕް ސްޓޭޝަންސް އަދި ސީ އައުޓް ފޯލް ގާއިމުކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މި ރަށްތަކަގެ ތެރެއިން ފީއަލީއަކީ ވަރަށް ބޮޑަށް ފެން ތަގައްޔަރުވެފައިވާ ރަށެކެވެ. އެ ރަށުގައި ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވަނީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ބަޖެޓްގައި ހިމަނަން ބޭނުންވާ ކަންކަން ހިމެނުމަށް ސަރުކާރުން ދިން ފުރުސަތުގަ އެވެ.

މިހާރު ވެސް ސަރުކާރުން ގެންދަނީ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގަމުންނެވެ.